ތޮއްޑޫގައި ސައިކަލެއްގައި ރޯކޮށްލައިފި

ތޮއްޑޫގައި ރޭ ރޯކޮށްލި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި.

އއ. ތޮއްޑޫގައި ސައިކަލެއްގައި ރޯ ކޮށްލައިފިއެވެ.

ތޮއްޑޫ ކައުންސިލްގެ ނާއިބު ރައީސް ހަސަން އަބްދުﷲ " ސަން" އަށް ވިދާޅުވީ އެ ސައިކަލުގައި ރޯކޮށްލައިފައި ވަނީ ރޭގެ ދަންވަރު ކަމަށެވެ.

ރޯކޮއްލި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އެ ސައިކަލަކީ އެ ރަށު އާންމުމީހެއްގެ ސައިކަލެކެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިފައި ވަނީ މިއަދު މެންދުރުފަހު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލާގައި އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް