ޓާޓާ ފްލެޓް ލޯނު ހޯދަން އިތުރު ފުރުސަތެއް

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

ގާކޮށި އަދި އަރަބިއްޔާގެ ފްލެޓްތަކަށް ޑައުން ޕޭމެންޓްދައްކަން ބޭނުންވާ ލޯނު ހޯދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

މި އަހަރުގެ ޖުލައި 26 ވަނަ ދުވަހާ ހަމައަށް ލޯނު ހޯދަން ދިން ފުރުސަތުގައި ލޯނު ލިބިފައިވަނީ 47 މީހަކަށެވެ. އެމީހުންނަށް ލޯނު ހަމަޖެހުނީ އިސްލާމިކް ބޭންކުންނެވެ.

އެ މުއްދަތު މި އަހަރުތެރޭގައި އިތުރު ކުރީ ތިން ވަނަ ފަހަރަށެވެ. މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހާ ހަމަ އަށެވެ.

ޖުމްލަ ދެ މިލިއަން ރުފިޔާގެ ލޯނެއް ފްލެޓް ބޭނުން ނަމަ ހޯދަން ޖެހޭ އިރު އެ ލޯނު ލިބެނީ ޝަރުތަކަކާވެސް ލައިގެންނެވެ. އެއީ 12000 ރުފިޔާ ސޭވިންގެ ގޮތުގައި ފޮރުވަން ލިބޭ ނަމައެވެ.

ފައިސާ ނުދައްކައިފި ނަމަ އެ ފްލެޓްތައް ވިއްކާލާ ކަމުގެ ވާހަކައެއްވެސް ދެކެވެ އެވެ.

ފްލެޓަށް ފައިސާ ދައްކަން ހަމަޖައްސާފައިވާ ފުރަތަމަ ގޮތަކީ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކޮށް ފައިސާ ދައްކާއިރު، އެމީހަކު އިޚްތިޔާރުކުރި ތަނަކުން ކަނޑައަޅާ އަދަދެއް ޑައުންޕޭމަންޓުގެ ގޮތުގައި ލޯނު މެދުވެރިކޮށް ފްލެޓުގެ އަގު ދެއްކުމެވެ.

ދެވަނަ ގޮތަކީ ޕެންޝަން އޮފީހުން އާންމުކޮށްފައިވާ "ގެދޮރުގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒް ކުރުމާބެހޭ ގަވާއިދު"ގެ ދަށުން މެމްބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ގެރެންޓީކޮށް ގެދޮރު ގަތުމަށް ބޭނުންވާ ލޯނު ލިބޭނެގޮތް ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަން މެދުވެރިކޮށް ހަމަޖެއްސުމެވެ.

comment ކޮމެންޓް