ބޯށި: އެއްލާލާނެކަމެއް ނެތް!

ކެޔޮނިރުގައި އަޅާ މާ ނުވަތަ "ބޯށި" އަކީ އާންމުކޮށް ބޭނުން ކުރާ އެއްޗެއް ނޫނެވެ. ކަނޑަލާފައި އެއްލާލަނީއެވެ. މަދު މީހަކު އޭގައި މަސްހުނިފަދަ ކާއެއްޗެއް ތައްޔާރުކޮށްގެން ބޭނުން ކޮށްފާނެއެވެ.

ގިނަ މީހުންނަށް ނޭނގޭ ކަމަކީ އެއްވެސް ބޭނުމެއް ނުކޮށް އެއްލާލާ ބޯއްޓަކީ އޭގައި ސިއްހީ ގިނަ ފައިދާތައް އެކުލެވޭ އެއްޗެއްކަމެވެ. އޭގައި އެކުލެވޭ މައިކްރޯބްސް އަކީ ހަންގަނޑަށް ފައިދާހުރި އެއްޗެކެވެ. އަދި ބޯއްޓަކީ ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތައް ފަސޭހަކުރުމަށް މީގެ ކުރިން ބޭނުންކޮށް އުޅުންއެއްޗެކެވެ.

ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްވެސް ބޯށި ބޭނުންކުރެވިދާނެއެވެ. ބޯށި، ރީނދޫ، ލޮނު އަދި ސޭންބާ ޕައުޑާ އަޅައިގެން ކައްކާ ސޫޕަކީ ލޭގައި އެކުލެވޭ ބްލައިޑް ޝުގާ ލެވެލް މަތި ވިޔަ ނުދީ ހިފަހައްޓައިދޭނެ އެއްޗެކެވެ.

ބޯއްޓަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗަކަށްވެފައި އެއީ ކޮލެސްޓްރޯލް އެއްވެސް ވަރަކަށް އެކުލެވޭ އެއްޗެއްނޫނެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ކެއުން ރަނގަޅު އެއްޗެކެވެ. ބޯށީގައި ގިނަ އަދަދަކަސް ވިޓަމިން އޭ، ސީ، އީ އަދި ފައިބާ އާއި ޕޮޓޭސިއަމް އެކުލެވެއެވެ.

މައްސަރު ކަންތަކާ ގޭހުގެ އުނދަގޫވާ މީހުންނަށްވެސް ބޯއްޓަކީ ފަރުވާއެކެވެ. އޭގައި އެކުލެވޭ ފައިބާ އަކީ ކާއެއްޗެހި އަވަހަށް ހަޖަމުކޮށްދޭ މާއްދާއެކެވެ. ބޯށި މަސްހުނި ތައްޔާރުކޮށްގެން ބަތާ އެކީ ކެއުމަކީ މައްސަރު ދުވަސްވަރު މާގިނައިން ލޭ އަންނަ ނަމަ ފަރުވާއެކެވެ.

comment ކޮމެންޓް