މެމްބަރު ފަލާހު މާލެއިން ގޯއްޗެއް ބައްލަވައިގެންފި

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު: މާލެއިން ގޯއްޗެއް ބައްލަވައިގެންނެވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހަތަރު މިލިއަން ރުފިޔާ އަށް މާލެއިން ގޯއްޗެއް ބައްލަވައިގެންފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވާ ގޮތުން ފަލާހު ބައްލަވައިގަތީ މާލޭ ދަފްތަރު ނަންބަރު 1458 އަހުމަދު ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާފަންނު "އަލްހަދީދު"ނަމަކަށް ކިޔާ ގޯއްޗެވެ. އެއީ 1000 އަކަފޫޓުގެ ގޯއްޗެކެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ހަތަރު މިލިއަން ރުފިޔާއަށް އެ ގޯތި ފަލާހު އަށް ވިއްކުމުން ގޯތި ބައްލަވައިގަނެ، އެ ވިޔަފާރި އަގުދުކޮށް އެ ވިޔަފާރީގެ އަގު ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.

"....މި ވިޔަފާރި ސައްހަ ކަމަށާއި މި ވިޔަފާރީގެ ސަބަބުން މ. އަލްހަދީދު އެވެ ކިޔާ އަމިއްލަ ގޯތީގެ މިހާރުގެ މިލްކުވެރި ފަރާތަކީ ރ. އިންނަމާދޫ، ސިމްލާ، އިބްރާހިމް ފަލާހު ކަމުގައި ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

comment ކޮމެންޓް