ބޮސް އަކީ "ލޮލުން ކަރުނަ ހުސްކޮށްލި" ފިލްމެއް: ޔުނާން

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

މި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު ބޮސް އަކީ "ލޮލުން ކަރުނަ ހުސްކޮށްލި" ފިލްމެއް ކަމަށް ފިލްމުގެ ބަތަލު މުހައްމަދު ޔުނާން ބުނެފިއެވެ.

ބޮސްގެ ތީމް ލަވަތައް ރިލީޒް ކުރުމަށް ޝީ ބިލްޑިންގައި ރޭ ބޭއްވި ހަފްލާއެއްގައި ޔުނާން ބުނީ ބޮސް އަކީ އަސަރުން ފުރިގެންވާ ފިލްމެއް ކަމަށާ އެއީ ކޮންމެ މީހަކު ވެސް ބަލާލަން ޖެހޭ ފެންވަރުގެ ފިލްމެއް ކަމަށެވެ.

"މި ފިލްމަކީ ލޮލުން ކަރުނަ ހުސްކޮށްލި ފިލްމެކޭ ބުނެވޭނީ، ފިލްމު ބަލަން ޓިކެޓް ގަންނަން ހަރަދު ކުރާ ލާރި ބޭކާރު ނުވާނެކަމުގެ ޔަގީންކަން ޔުނާން ދެން" ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލް ބުންޏެވެ.

ފިލްމީދާއިރާއަށް އަލަށް ނުކުތް ޔުނާން ވަނީ އޭނާއަށް އިތުބާރުކޮށް ފިލްމުން ފުރުސަތު ދިން ކަމަށްޓަކާ ނަހުލާއަށް ޝުކުރު އަދާކޮށްފައެވެ. ފިލްމުގެ ޝޫޓިންގެ ތެރޭ ނަހުލާ އާއި ރިޝްމީ އަދި ކާސްޓުންގެ ފަރާތުން ލިބުނު އެހީތެރިކަން ޔުނާން ފާހަގަ ކުރިއެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

އެ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ އިބްރާހިމް ޖިހާދު (ޖިމީ) ބުނީ ޔުނާންގެ އެކްޓިން ވަރަށް މޮޅު ކަމަށެވެ. ބޮސް އަކީ މި އަހަރު ނިކުންނަ އެންމެ ރީތި ފިލްމަށް ވާނެ ކަމަށްވެސް ޖިމީ ބުންޏެވެ. ފިލްމުގެ މުހިއްމު ރޯލަކުން އަލީ ޝަމީލްވެސް ފެނިގެންދާނެއެވެ. ޝަމީލް ބުނީ ބޮސް އަކީ "ލޯތްބަށްޓަކާ ދޭ ބޮސް ގެ ބާރު" ފެންނާނެ ފިލްމެއް ކަމަށެވެ. މިއީ ލޯތްބާއި ޖަޒުބާތު، ވޭނާއި ހިތްދަތިކަން އަދި ދެ ހިތެއްގެ ދެމެދު އުފެދޭ ލޯބީގެ ޖަޒުބާތު އަސަރާއެކު ފެންނާނެ ފިލްމެއް ކަމަށް ވެސް ޝަމީލް ބުންޏެވެ.

ބޮސްގެ ކާސްޓުންގެ ތެރޭ ދެން ހިމެނެނީ އަލީ އާޒިމް (ދޮން އައްޔަ)، ފާތިމަތު އާޒިފާ (އަޒޫ) އަދި ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ އެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

އައްޒަ ބުނީ ބޮސްއަކީ ފުރިހަމަ ފިލްމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެއީ ރިޝްމީ ޑައިރެކްޓްކޮށް ނަހުލާ ޕްރޮޑިއުސްކުރި ފިލްމަކަށްވެފައި ޝަމީލް، އައްޔަ، އަޒޫ އަދި ޔުނާން ފަދަ ހުނަރުވެރި ތަރިން އެ ފިލްމުން ފެންނާތީ ކަމަށް ވެސް އައްޒަ ބުންޏެވެ.

އެ ފިލްމުގެ ކާސްޓުންގެ މަސައްކަތާ މެދު ހިތްހަމަ ޖެހިފައި ހުރިކަން ފާހަގަކޮށް ފިލްމުގެ ޑައިރެކްޓާ ރިޝްމީ ވަނީ އޭނާއަށް އިތުބާރުކޮށް ބޮސްގެ ޕްރޮޖެކްޓް ހަވާލުކުރި ކަމަށްޓަކާ ނަހުލާ އަށް ޝުކުރު އަދާކޮށްފައެވެ. ރޭގެ ހަފްލާގައި ނަހޫ ބުނީ އެ ފިލްމަކީ އޭނާގެ އަސަރުގަދަ ފިލްމުތައް ކަމަށްވާ ޒުލޭޚާ އާއި ޔޫސުފް އިން ނުކުރި އަސަރު އޭނާ އަށް ކުރުވި ފިލްމެއް ކަމަށެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރި އިރުވެސް ފިލްމުގެ ސަބަބުން އަސަރު ކުރި ކަމަށް ރިޝްމީ އާއި ނަހުލާ ބުންޏެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

"މިއީ އިންޓަވަލްގެ ކުރިން ވަރަށް ރޮމޭންޓިކް އަދި އިންޓަވަލްގެ ފަހުން ވަރަށް އިމޯޝަނަލް ފިލްމެއް،" ބޮސް ބެލުމަށްފަހު ނުރޮއި ނުހުރެވޭނެ ކަމަށް ނަހުލާ ބުނެފައިވާ ބުނުމަށް ބާރުދެމުން ރޭ އޭނާ ބުންޏެވެ.

ބޮސް ފިލްމުގައި ހަތް ލަވައެއް ހިމެނޭއިރު އެ ލަވަތައް ކިޔާދީފައި ވަނީ ތޭރަ އާއި ކުޑައިއްބެގެ އިތުރުން މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ. މި ލަވަތަކަކީ މުޅިންވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.

comment ކޮމެންޓް