އަށްވަނަ ފިލްމް އެވޯޑްސް ޑިސެމްބަރު މަހު

21 ޑިސެމްބަރ 2016: ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް

ދިވެހި ފިލްމީ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ފިލްމް އެވޯޑްސް ޑިސެމްބަރު މަހުު ބޭއްވުމަށް ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީ) އޭ އިން ވަނީ މިއަހަރު ބާއްވާ އަށްވަނަ ފިލްމް އެވޯޑްސްއަށް ޓްރޮފީ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

ފިލްމް އެވޯޑްސް ޑިސެމްބަރަށް ތާވަލްކޮށްފައިވާއިރު އެވޯޑް ބާއްވާނެ ސީދާ ތާރީހެއް އަދި އާންމެއް ނުކުރެއެވެ.

މިއަހަރުގެ ފިލްމް އެވޯޑްސްގައި ވާދަކުރާނީ 2014 އިން ފެށިގެން 2016 އާއި ހަމައަށް ރިލީޒްކޮށްފައިވާ ފިލްމު ތަކެވެ.

މި މުއްދަތުގައި 17 ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ. އެއީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝާމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ.

މިދިޔަ އަހަރުގެ ފިލްމް އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ ލޫދިފާއެވެ. ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އަށެވެ.

comment ކޮމެންޓް