ބޮޑު ބަދަލުތަކަތަކާއެކު އެންމެ ފަހުން އޮލިމްޕަސް ހުޅުވުން އަންނަ ހޮނިހިރު ދުވަހު

އޮލިމްޕަސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ގިނަ ދުވަސްތަކަކަށް ފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަސް އާ ބަދަލުތަކާއެކު ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ އޮލިމްޕަސް މަރާމާތުކޮށް، ވަސީލަތްތައް އަޕްޑޭޓް ކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއެވެ.

އޮލިމްޕަސް ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ މީހުންނާއި މިހާރުވެސް އެ ދާއިރާގައި މަސައްކަތްކުރަމުންދާ މީހުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގަމުން އަންނަ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އޮލިމްޕަސް އިމާރާތުގެ އާބާތުރަ ފިލުވައި، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ވަނަ ދުވަހުއެވެ.

ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް(އެންސީއޭ) އިން މިހާރު ވަނީ އޮލިމްޕަސް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެޑްވާންސް ބުކިންއަށް ހުޅުވާލާފައެވެ.

އެގޮތުން އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އެތަން ބުކް ކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އޮލިމްޕަސް ނުހުޅުވައި ގިނަ ދުވަސްތަކެއް ވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޮލިމްޕަސް އަލުން ހުޅުވުމަށް ފަހު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވަނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ 'ބީވީމާ'އެވެ.

comment ކޮމެންޓް