11 ވަނަ ލީޑާސް އިން އެޑިއުކޭޝަން ކޮންފަރެންސް ރާއްޖޭގައި ފަށައިފި

ޑރ. އާމާލް އަލީ ސަން އަށް އިންޓަވިއު ދެއްވަނީ ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ލީޑާސް އިން އެޑިއުކޭޝަންގެ 11 ވަނަ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ފެއްޓި އެ ކޮންފަރެންސަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އެކެވެ.

'ސަން' ދެއްވި އިންޓަވިއުއެއްގައި އެމްއައި ކޮލެޖުގެ ރެކްޓަރު އާމާލް އަލީ މިއަދު ވިދާޅުވީ އެ ކޮންފަރެންސަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ސިންގަޕޫރު އާއި މައި ކޮލެޖާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ.

އާމާލް ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވި އެކި ގައުމުތަކުގެ ބޭފުޅުންގެ ތެރެއިން ބަޔަކު ހޮވާލައިގެން އަލުމްނާއި ފޯރަމް ކިޔާ ފޯރަމެއް ހަދައި އެ ފޯރަމްގައި ތިއްބަވާ ބޭފުޅުންގެ ގައުމުތަކުގައި އެ އެޑިކޭޝަން ކޮންފަރެންސް ކުރިއަށް ގެންދާނެ ކަމަށެވެ.

ެ"ފޯރަމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލީޑާޝިޕް ފެންވަރުގައި މަސައްކަތް ކުރާ، [ދާއިރާގެ ބޭފުޅުންގެ މެދުގައި] މިކަހަލަ ކޮންފަރެންސެއް [ބޭއްވުން]،" އާމާލް ވިދާޅުވި އެވެ.

"ޑައިވާސިޓީ އެންޑް އިންކްލޫސިވް" އެ ސުރުހީގެ ދަށުން މި އަހަރުގެ ކޮންފަރެންސް ރާއްޖޭގައި ހިނގަމުންދާ އިރު ކޮންމެ ގައުމެއްގައި އިންކްލޫސިވް އެންޑް ޑައިވާސިޓީ ގެންދާ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ރެކްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން ކޮންފަރެންސްގައި ބޭރުގެ ޕްރޮފެޝަނަލްސްގެ އިތުރުން ރާއްޖޭގެ އެޑިއުކޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް