42 ވަނަ ޤައުމީ ފެތުމުގެ މުބާރާތް އަންނަ ނޮވެމްބަރު މަހު

ބީއެމްއެލް މާލޭ ސްވިމިން ޓްރެކް--

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ މަކީޓާ، 42 ވަނަ ޤައުމީ ފެތުމުގެ މުބާރާތް އަންނަ މަހު ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އަންނަ މަހުގެ 19 އިން 25 އަށް މާލޭ ސްވިމިން ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކްލަބްތަކުން ވާދަކުރާ ޓީމް ކެޓަގަރީ އާއި، އޯޕަން ކެޓަގަރީގައި ވާދަކުރާ އުމުރުފުރާ ކެޓަގަރީތަކުގެ އިތުރުން މާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭ ކެޓަގަރީތައް ހިމެނޭނެއެވެ.

ްއެ މުބާރާތުގައި ބޭއްވޭ ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓްތައް ކުރިއަށްދާނެއެވެ. އެގޮތުން 12 އަހަރުން ދަށް، 14 އަހަރުން ދަށް، 14 އަހަރުން މަތި، މާސްޓަރސް ކެޓަގަރީ އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ ހިމެނެއެވެ.

އެ އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:00އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި އިތުރު މައުލޫމާތުއެ އެސޯސިއޭޝަންގެ ވެބްސަޓުން ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް