ރައީސް މައުމޫނާއެކު ހުންނެވި ޒައިދު ރައީސް ޔާމީން ފަޅިއަށް

ފަނޑިޔާރެއް ބްލެކްމެއިލް ކުރި ކަމުގެ ދައުވާ ލިބޭ ޒައިދުއަމީން: ރައީސް މައުމޫނަށް އޭނާ ކުރަމުންދިޔަ ތާއިދު ވަނީ އަނބުރާ ގެނެސްފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒައިދުލް އަމީން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.

އޭނާ އެގޮތައް ހާމަ ކޮށްފައިވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.

ޒައިދު ރައީސް ޔާމީނަށް ތާއީދު ކުރާކަން ހާމަކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ދައުވާ ކުރަމުންނެވެ. އަދި އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ޖަލުގައި ބަންދުކޮށްފަވެ. ނަމަވެސް މިހާރު ވަނީ މިނިވަން ވެފަ އެވެ.

ޒައިދު ކުރި ޓްވީޓުގައި ބުނެފައި ވަނީ އޭނާ ރައީސް މައުމޫނަށް ކުރަމުން އައި ތާއިދު އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެ އެވެ. އޭނާގެ ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ ސަރުކާރު ދަމަހައްޓަން އޭނާ ތާއިދު ކުރާ ކަމަށެވެ.

ރައީސް މައުމޫން އަތުން ޕީޕީއެމްގެ ލީޑާޝިޕް ބީވެ އިދިކޮޅާ ގުޅުނު އިރު ޒައިދު ވަނީ ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ހިޔާލު ބަދަލުކޮށް މިއަދު ކުރި ޓްވީޓްގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

comment ކޮމެންޓް