އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަކަށް އަރައިފި

އެސްޓީއޯގެ ތެޔޮބޯޓު "ގުރާބު" ޅ. ފެލިވަރު ކައިރީ ފަރަކަށް އަރާފައި-- ފޮޓޯ: އެމްއެންޑީއެފް

އެސްޓީއޯގެ ތެޔޮބޯޓު "ގުރާބު" ޅ. ފެލިވަރު ކައިރީ ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެ ހާދިސާ ހިނގިކަމުގެ ހަބަރު ލިބިފައިވަނީ ހެނދުނު 6:15ގައި ކަމަށެވެ.

ށ. މިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ އެ ބޯޓުގައި 12 މީހުން ތިބި ކަމަށާއި، ބޯޓުގައި ހުރީ ޕެޓްރޯލް ކަމަށްވެސް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

"އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ސައިޓުގައި ހަރަކާތްތެރިވަމުން،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް