Sun Online
އަލީބާބާއިން ވަނީ ޓެކް ރިސާޗަށް 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފަ -- ފޮޓޯ: ޓެކްކްރަންޗް
އަލީބާބާއިން ވަނީ ޓެކް ރިސާޗަށް 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފަ -- ފޮޓޯ: ޓެކްކްރަންޗް

ޓެކް ދިރާސާތަކަށް އަލީބާބާ އިން 15 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ޗައިނާގެ އެންމެ ބޮޑު އީ ކޮމާސް ކުންފުނި އަލީބާބާ އިން އާ ރިސާޗު އިންސްޓިޓިއުޓެއް ހުޅުވައި، ޓެކްނޮލޮޖީއާ ބެހޭ ދިރާސާތައް ކުރުމަށް ކުރިއަށް އޮތް ތިން އަހަރު ތެރޭ 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

އެކެޑެމީ ފޯ ޑިސްކަވަރީ، އެޑްވެންޗާ، މޮމެންޓަމް އެންޑް އައުޓްލުކް (ޑެމޯ)ގެ ނަން ދީފައިވާ އެއިންސްޓިޓިއުޓްގެ ދަށުން ހަތް ގައުމެއްގައި އާރިސާޗް ލެބްތައް ގާއިމު ކުރާނެ އެވެ. އޭގެ ތެރޭގައި ޗައިނާ، އެމެރިކާ، ރަޝިއާ، އިސްރާއީލް އަދި ސިންގަޕޫރު ހިމެނެ އެވެ.

އަލީބާބާ އިން ބުނި ގޮތުގައި އެރިސާޗް ސެންޓަރުން ދިރާސާ ކުރާނެ ދާއިރާތަކުގެ ތެރޭގައި ފައިނޭންޝިއަލް ޓެކްނޮލޮޖީ އާއި ނެޓްވޯކް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި އެދިސާރާތަކުން ތައާރަފް ކުރާ އާ ޓެކްނޮލޮޖީތައް އަލީލާބާބާގެ ވިޔަފާރީގައި ބޭނުން ކުރާ އިރު، ބައެއް ޓެކްނޮލޮޖީ އެހެން ކުންފުނިތަކާ ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ. އަލީބާބާ އިން މިހާރު ދަނީ އެ މަސައްކަތަށް މުޅި ދުނިޔެ އިން 100 ރިސާޗަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަލީބާބާގެ އަމާޒަކީ 2036 ވަނަ އަހަރު އަންނަންވާ އިރަށް 100 މިލިއަން ވަޒީފާ އުފައްދައި، އެކުންފުނިން ދެ ބިލިއަން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި ޑެމޯގެ ސަބަބުން އެއަމާޒަށް ވާސިލު ވުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އަލީބާބާ އިން ބުންޏެވެ.

infinity loading...
×
DB released 01.