ވައިބާ ގްރޫޕްތަކުގައި މެސެޖުތައް ޕިންކޮށް ވަކި މެސެޖަށް ރިޕްލައިކުރެވޭގޮތްހަދައިފި

ވަކިވަކި މެސެޖުތަަކަށް ރިޕްލައިކުރެވޭ ގޮތަށް ވައިބާ އިން ހަދާފައިވާ ގޮތުގެ ސްކްރީންޝޮޓެއް--

މަޝްހޫރު މޮބައިލް ޗެޓް އެޕްލިކޭޝަންތައް ކަމަށްވާ ޓެލެގްރާމް އަދި ވަޓްސްއަޕްއެކޭ އެއްގޮތަށް މެސެޖުތައް ޕިންކޮށް އަދި ވަކިވަކި މެސެޖުތަކަށް ރިޕްލައިކުރެވޭ ގޮތަށް ވައިބާ އިން ވެސް އެންމެ ފަހުން ހަދައިފި އެވެ.

އެހެން ކަމުން އަލަށް ވައިބާ އަށް ތައާރަފްކުރި ހިދުމަތްތަކާ އެކު ޓެލެގްރާމާއި އަދި ވަޓްސްއަޕް އިން ލިބޭ ފަސޭހަތައް ވައިބާ އިން ވެސް ލިބިގެންދާނެ އެވެ.

ވައިބާގެ އަޕްޑޭޓާ އެކު ވައިބާ ގްރޫޕުތަކުގައި މުހިންމު މެސެޖުތައް ވައިބާ ގްރޫޕުގެ މެމްބަރުންނަށް ފަސޭހައިން ފެންނާނެހެން އެ ގްރޫޕްތަކުގެ އެޑްމިންއަށް ޕިން ކުރެވޭނެ އެެވެ. އަދި ޕިން ކުރާ މެސެޖުތައް ރިމޫވްކުރެ ވޭނީ ވެސް ހަމައެކަނި އެޑްމިން މެމްބަރުންނަށް އެކަންޏެވެ.

އަލަށް ގެނައި އަޕްޑޭޓާ އެކު ވައިބައި ގްރޫޕުގައި ހިމެނޭ މެސެޖުތަކަށް ވަކިވަކިން ރިޕްލައި ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އާ އަޕްޑޭޓުގައި ވަނީ އެ މެސެޖުތަކުގައި މަތީގައި ޓެޕްކޮށްލުމުން ރިޕްލައި ބަޓަން ފެންނަގޮތް ހަދައިފަ އެވެ.

އޭގެ އިތުރުން ވައިބާ އިން ވަނީ ބްރޯޑްކާސްޓް މެސެޖު ފޮނުވޭ ގޮތް ވެސް ހަދައިފަ އެވެ. އެ ހިދުމަތުގެ ސަބަބުން ބައިވަރު މީހުންނަށް އެއް މެސެޖެއް ފޮނުވަން ބޭނުން ނަމަ ވައިބާ ގްރޫޕެއް ނަހަދައި ވެސް ބޭނުންވާ ބަޔަކަށް އެ މެސެޖު ފޮނުވޭނެ އެވެ.

comment ކޮމެންޓް