ވައިބާއަށް ޗެޓްޖީޕީޓީގެ ފީޗާތައް ތައާރަފްކޮށްފި

މުޅިދުނިޔޭގައި ވައިބަރ ބޭނުންކުރާ ބިލިއަނަކަށްވުރެ މީހުން އުޅޭކަމަށް ރެކޯޑްތަކުން ދައްކާ ---

މަޝްހޫރު މެސެޖިން އެޕްލިކޭޝަން ރާކުޓެން ވައިބަރ އާއި އޯޕަންއޭއައި ގުޅިގެން، ޗެޓްޖީޕީޓީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ވައިބަރ އެޕްލިކޭޝަނަށް ސީދާ އިންޓަގްރޭޓް ކޮށްފިއެވެ.

މި ފަހުގެ އަޕްޑޭޓާ އެކު، ވައިބަރ ބޭނުންކުރާ ފަރާތްތަކަށް އެހެން އެޕްލިކޭޝަނަކަށް ނުގޮސް ސީދާ ވައިބަރގެ ތެރެއިން އޭއައިގެ ގިނަ އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ބަދަލާ އެކު ވައިބަރ ތެރޭގައި ޗެޓްޖީޕީޓީއާ ސީދާ ވާހަކަދެއްކޭ ގޮތަށް ޚާއްޞަ ޗެޓް ޓެބެއް ނުވަތަ ކޮންޓެކްޓެއް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ގްރޫޕް ޗެޓްތަކުގައި ހުންނަ ދިގު މެސެޖުތަކާއި ހިއްސާކުރާ ލިންކުތަކުގެ ޚުލާސާއެއް ވަގުތުން ބަލައިލެވޭ "އޭއައި ސަމަރީސް" ފީޗާ ވެސް ވަނީ ތައާރަފްކޮށްފައެވެ.

ފޮނުވަން ބޭނުންވާ މެސެޖުތައް ރީތިކޮށް، ފުރިހަމަ އިބާރާތުން ބަދަލުކޮށްލުމަށް "އޭއައި ޕޮލިޝް" ބޭނުންކުރެވޭއިރު، އެކި ބަސްބަހުން އަންނަ މެސެޖުތައް ވަގުތުން ތަރުޖަމާ ކުރުމުގެ ޤާބިލުކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ގްރޫޕް ޗެޓްތަކުގައި މެސެޖު ކުރާއިރު @ChatGPT ޖަހާލުމުން ގްރޫޕަށް ޖީޕީޓީގެ އެހީތެރިކަން ލިބިގެންދާއިރު، އޭއައިގެ އެހީގައި ފޮޓޯތަކަށް ބަދަލު ގެނެސް އެޑިޓް ކުރެވޭ "އިމޭޖް ރީމިކްސް" ފީޗާ ވެސް ވަނީ ހިމަނާފައެވެ.

https://sun.mv/222788

މި ފީޗާތައް ބޭނުންކުރުމަށްޓަކައި ޗެޓްޖީޕީޓީ އެކައުންޓެއް ކޮންމެހެން އޮންނާކަށް ނުޖެހެއެވެ. ނަމަވެސް އަމިއްލަ އެކައުންޓް ލިންކް ކޮށްލުމުން ދުވާލަކު ބޭނުންކުރެވޭ ލިމިޓް އިތުރުވެގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ވައިބަރ އަށް ޗެޓްޖީޕީޓީގެ މި ޚިދުމަތްތައް ރަސްމީކޮށް ތައާރަފްކުރަން ފަށާފައިވަނީ 22 ޖޫން 2026 ގައެވެ. އެންމެ ފުރަތަމަ މި ފީޗާ ދޫކޮށްފައިވަނީ ޔޫކްރެއިން ފަދަ ޔޫރަޕްގެ ބައެއް ޤައުމުތަކަށެވެ. އޭގެ ފަހުން 24 ޖޫން 2026 ގައި ފިލިޕީންސް ހިމެނޭ ގޮތަށް އޭޝިއާގެ ޤައުމުތަކަށް މި ޚިދުމަތް ރަސްމީކޮށް ފުޅާކޮށް، މީޑިއާތަކަށް ވަނީ އިއުލާންކޮށްފައެވެ.

މި އާ ޚިދުމަތްތައް ބޭނުންކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުގައިވާ ވައިބަރ އެޕްލިކޭޝަން އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކޮށްލަން ޖެހޭނެއެވެ.

މަޝްހޫރު މެސެޖިން އެޕްލިކޭޝަން ވައިބާއިން ވަނީ އޯޕަންއޭއައި އާ ގުޅިގެން ޗެޓްޖީޕީޓީގެ ޚިދުމަތްތައް އެޕްލިކޭޝަނުގެ ތެރެއަށް ގެނެސްފައެވެ. މި ބަދަލާއެކު އެހެން އެޕްލިކޭޝަނަކަށް ނުގޮސް، ސީދާ ވައިބާގެ ތެރެއިން އޭއައިގެ ގިނަ އެހީތެރިކަމެއް ހޯދޭނެއެވެ. މި ފީޗާތަކުގެ ތެރޭގައި ޚާއްޞަ ޗެޓް ޓެބެއް ހިމެނުމާއި، ދިގު މެސެޖުތަކުގެ ޚުލާސާ ބެލުމާއި، ލިޔުންތައް ރީތިކުރުމާއި، ވަގުތުން ތަރުޖަމާކުރުން ހިމެނެއެވެ. މި ޚިދުމަތްތައް ބޭނުންކުރުމަށް ވަކިން ޗެޓްޖީޕީޓީ އެކައުންޓެއް ހެދުން މަޖުބޫރެއް ނޫނެވެ. ނަމަވެސް އަމިއްލަ އެކައުންޓް ގުޅައިލުމުން ދުވާލަކު ބޭނުންކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ. 22 ޖޫން 2026 ގައި ޔޫރަޕަށް އަދި 24 ޖޫން 2026 ގައި އޭޝިއާގެ ޤައުމުތަކަށް މި ފީޗާތައް ވަނީ ދޫކޮށްފައެވެ. މި އާ ފީޗާތައް ބޭނުންކުރުމަށް އެޕްލިކޭޝަން އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓުކުރަން ޖެހޭނެއެވެ.

  • ސީދާ ވައިބާ އެޕްލިކޭޝަނުގެ ތެރެއިން ޗެޓްޖީޕީޓީގެ ޚިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުން.
  • ގުރޫޕު ޗެޓުތަކުގެ ޚުލާސާ ބެލުމާއި، މެސެޖުތައް ތަރުޖަމާކޮށް އަދި އިބާރާތް ފުރިހަމަކުރުމުގެ ފީޗާތައް ތައާރަފުކުރުން.
  • ފޮޓޯތަކަށް ބަދަލުގެނެސް އެޑިޓުކުރެވޭނެ އާ ފީޗާއެއްކަމަށްވާ އިމޭޖް ރީމިކްސް ހިމެނުން.
  • މި ޚިދުމަތް ބޭނުންކުރުމަށް ޗެޓްޖީޕީޓީ އެކައުންޓެއް މަޖުބޫރުނުވި ނަމަވެސް، އެކައުންޓު ގުޅައިލުމުން ލިމިޓު އިތުރުވުން.
  • ޚިދުމަތްތައް ބޭނުންކުރުމަށް ވައިބާ އެޕްލިކޭޝަން އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓުކުރަން ޖެހުން.
  • --
  • މަސްދަރު: ސަން އެމްވީ
comment ކޮމެންޓް