ޒަޚަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީ އަކު ހުޅުމާލެއިން ފެނިއްޖެ

ސެޕްޓެމްބަރު 28ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުއްލިގޮތަކަށް ދެ ޒުވާނެއް މަރުވި ހާދިސާ ހިނގި ސަރަހައްދު. ހުޅުމާލޭން މިއަދު ވަނީ މަރުވެފައި އޮތް ބިދޭސީއަކު ފެނިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބިދޭސީ އަކު ހުޅުމާލޭ ހޮސްޕިޓަލަށް ދާދި ދެންމެއަކު ގެންގޮސްފިއެވެ.

ޒަޚަމް ތަކަކާ އެކު އެ ހޮސްޕިޓަލަށް ގެންދިޔައީ ފިރިހެނެކެވެ. ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑީއާ އޮފިސަރު އާޝިޔާ ޞާލިޙް ވިދާޅުވީ، އެ ބިދޭސީ މީހާ ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުންވެސް ވަނީ ހުޅުމާލޭން މަރުވެފައިވާ ބިދޭސީއަކު ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދަމާސް ސައިޓްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނީ ބަނގުލަދޭޝް ފިރިހެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:20 ކަންހާއިރު،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް