ސްޓްލްކޯގެ ޖަނަރޭޓަރެއް ހުއްޓި މާލޭގެ ބޮޑު ބަޔަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ މުޖުތަބާ 'ސަން' އަށް ވިދާޅުވީ މާލެއަށް ކަރަންޓް ފޯރުކޮށްދެމުންދިޔަ މައި އެއް ޖަނަރޭޓަރު ކަމަށްވާ 'ޑީޖީ9' ޖަނަރޭޓަރު ހުއްޓި ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމަށް މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.
"މާލޭގެ އެކި ހިސާބަތަކުން މިވަނީ ކަރަންޓް ކެނޑިފައި. މާލަސްތަކެއް ނުވެ އަލުން ކަރަންޓް ދިނުމުގެ މަސަތްކަތް ޓެކިނަކަލް ޓީމަކުން ކުރަމުން އަންނަނީ،" މުޖުތަބާ ވިދާޅުވިއެވެ.
ސްޓެލްކޯ އިން މިހާރު ވަނީ މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދުތަކަށް ވެސް ކަރަންޓްދީފައެވެ.
މޭލޭގެ ހުރިހާ އަވަށެއް ހިމެނޭ ގޮތަށް އެކި ހިސާބުތަކަކުން ކަރަންޓް ކެނޑިފައިވާއިރު މިދަޔަ މަހުގެ ތެރޭގައި ވެސް ވަނީ މާލޭގެ ބޮޑު ބަޔަކުން ދެތިން ދުވަހު ކަރަންޓް ކެނޑިފައެވެ.
މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށްޓަކައި މިހާރު އޮތް ކަރަންޓް ސިސްޓަމާ ގުޅޭ ދިރާސާއެއް ހެދުމަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މިދިޔަ މަހު ފަހުކޮޅު ބުނެފައެވެ.