ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ރަސްދުއާއި ތޮއްޑޫގައި ހިންގައިފި

ހޭލުންތެރިކުރިމުގެ ޕްރޮގްރާމްގެ ތެރެއިން.- ފޮޓޯ/ ޕޮލިސް މީޑިއާ

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އއ. ތޮއްޑޫއާ އެ އަތޮޅު ރަސްދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުށްމަދު ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންނާ އާއިލާ ތެރޭގައި ހިނގަމުންދާ ކުށްތަކާ އެފަދަ ކުށްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޫލުގެ ޓީޗަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއްގެ އިތުރުން ސްކޫލްގެ ގްރޭޑް 6 7 8 އަދި 9 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ ރަށުގެ، ސްކޫލް ކުދީންގެ ބެލެނިވެރިންނަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ގެވެށި އަނިޔާގެ ގާނޫނާއި އެފަދަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީއާއި އަދި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ދައުރު އަދި ހެޔޮގޮތުގައި އިންޓަނެޓް އަދި މޮބައިލް ފޯން ބޭނުންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ހޭލުންތެރި ކުރުމަށްޓަކައި ހިންގި އެ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕަރޓްމަންޓުގެ އިތުރުން ތޮއްޑޫ އަދި ރަސްދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރި ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް