ކަރީނާ ކޮންމެ ދުވަހަކު 10 ގަޑިއިރު ޖިމްގައި ހޭދަކުރޭ؟

ބަތަލާ ކަރީނާ ކަޕޫރު ޚާން އަންނަނީ ވިހެއުމަށްފަހު އޭނާ ކުޅޭ ފުރަތަމަ ފިލްމު 'ވީރޭ ދީ ވެޑިންގ' އަށް އޭނާގެ ހަށިގަނޑު ކުރިން ހުރި ގޮތަށް ބަދަލު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ދަރިފުޅު ތައިމުރަށް ބަލިވެއިން ހިސާބުން ފެށިގެން، މިދިޔަ ޑިސެމްބަރުގައި ދަރިފުޅު ވިހެއުމާ ހަމައަށް، ބަތަލާ ކަރީނާ ކަޕޫރުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި އެވެ. އެހެން ނަމަވެސް އޭނާ ވަނީ ތިން މަހުން 16 ކިލޯ ލުއިކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުން 'ވީރޭ ދީ ވެޑިންގ'ގައި ކަރީނާގެ ތަފާތު ދެ ލުކް ފެނިގެން ދާނެ އެވެ. އެހެންކަމުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ.

ސެޕްޓެމްބަރު މަހު ނިއު ދިއްލީގައި ފިލްމުގެ ޝޫޓިން ފަށާފައި ވާއިރު، ކަރީނާ މިހާރު އަންނަނީ ފިލްމަށް އޭނާގެ ހަށިގަނޑު އިތުރަށް ހިއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަރީނާ ކޮންމެ ދުވަހަކު 10 ގަޑިއިރު ޖިމްގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުގެ ކްރޫ މެމްބަރަކު މިޑް-ޑޭ އަށް ބުނި ގޮތުގައި އަންނަ ހަފްތާގައި ޝޫޓު ކުރަން ހަމަޖެހިފައިވާ މަންޒަރުތަކަށް ކަރީނާ ހިކެން ޖެހެ އެވެ. އެހެންކަމުން ކަރީނާ އަމިއްލައަށް އެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ހަފްތާއެއް ވެއްޖެއެވެ.

ޚާއްސަ ޑައެޓެއް ފޮލޯ ކުރުމުގެ އިތުރުން 14 ގަޑިއިރު ޝޫޓިންގައި އުޅުމަށް ފަހު ކަރީނާ ރޭގަނޑު ކަސްރަތު ކުރުމުގައި ހޭދަކުރާ ކަމަށްވެސް ވެއެވެ. އަދި މިހާރު ހަށިގަނޑުން ބޮޑެތި ބަދަލުތަކެއް ފެންނަން ފަށައިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް