ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްނުދިން މައްސަލައިގެ ޝަރީއަތް ފަށައިފި

ކޯޓު ރޫމްތެރެއަށް ވެއްޓުމުން ގާސިމް ހޮސްޕިޓަލަށް ގެންދަވަނީ --- ފޮޓޯ: ސޯސަލް މީޑިއާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސިންގަޕޫރުގައި ބޭސްފަރުވާކުރުމަށް ދިން މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމި ނިންމުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފިއެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފެށީ، ޝަރީއަތަށް ނުގޮސް މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. ބޭސްފަރުވާ އަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް، ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެއްގޮތަށް ޖަލުގައި ބަންދުކޮށްގެން ހުކުމް ތަންފީޒު ކުރަން އަދި ނުފަށާނީ ގާސިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ކަރެންޝަނަލް ސާވިސްއިން ވަނީ ބުނެފައިވެ އެވެ. ގާސިމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭގައި ހުންނަވައިގެން ޖަލު ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ވަނީ ދީފަ އެވެ.

comment ކޮމެންޓް