ކްލިކް ކޮލެޖްގެ އިންޓާންސް އިން އިސްނަގައިގެން މާލެ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮއްސި އެވެ.
ރާއްޖޭގެ ކޮލްޖަކުން ފުރަތަމަ ފަހަރަށް އިސްނަގައިގެން އިއްޔެ ކުރިއަށް ގެންދިޔަ "ބީއެމްއެލް މާލޭ ސްވިން ޓްރެކް" ސަފާފު ކުރުމުގެ ހަރަކާތަކާއި، ފަންޑް ރެއިޒް ކުރުމުގެ ގޮތުން ޖީބަށް ލުއިގެ ނަމުގައި ގަރާޖް ސޭލްއެއް ވަނީ ބާއްވައިފަ އެވެ.

ކްލިކް އިންޓާންސްގެ އިވެންޓް މެނޭޖާ ފާތިމަތު ލުބެއިނާ ވިދާޅުވީ އެ ފަދަ ހަރަކާތްތަކެއް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުން މުޖްތަމައު ތެރެއަށް ނުކުންނައިރު އިޖްތިމާއީ ހަރަކާތްތަކަށް ހޭނިފައި ތިބުން ކަމަށެވެ. އޭގެ އިތުރުން ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި އަދި ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް ރީތިކޮށް މުޖްތަމައުއަށް ފައިދާ ކުރުވަނި ގޮތަކަށް ބޭއްވުމަކީ ވެސް އެ އިވެންޓުގެ މަގްސަދެއް ކަމަށެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ދި ގުޑް ރައިޑެންސް ޕްރޮޖެކްޓް، ޑައިވް ޑެސްކް އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއާ ގުޅިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން 18:00ގެ ނިޔަލަށެވެ.
ެއެހަރަކާތުގައި ޖުމްލަ 216 ކިލޯގެ ކުނި މޫދުން ނަގައިފައިވާ އިރު އުސްފަސްގަނޑުގައި ވަނީ ގަރާޖް ސޭލްއެއް ވެސް ކުރިޔަށް ގެންގޮއްސައެވެ. ކުރިއަށް ގެންދިޔަ ހަރަކާތަކީ ކްލިކް އިންޓާންސްއިން ކުރިޔަށް ރާވާފައި ހުރި އިތުރު ހަރަކާތްތަކަށް ފަންޑް ރެއިޒް ކުރުމުގެ ގޮތުން ރާވާ ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އިވެންޓްގެ މެނޭޖަރު ވިދާޅުވި އެވެ.

ަ