މޮރީނިއޯއަށް އިތުރަށް އަދަބު ނުދިނުމަށް ނިންމައިފި

ސައުތޭމްޕްޓަން މެޗުގައި މޮރީނިއޯ ދަނޑުން ފޮނުވާލަނީ---

ސައުތޭމްޕްޓަމް މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ޓެނިކަލް އޭރިއާގައި ހުރެ ހިތްހަމަ ނުޖެހިގެން ކުޅުންތެރިންނާ ދިމާލަށް ހަޅޭއްލެވުމާއި ގުޅިގެން ދަނޑުން ފޮނުވާލި މައްސަލައިގައި އިތުރަށް އޭނާއަށް އަދަބު ނުދިނުމަށް ނިންމައިފިއެވެ.

ސައުތޭމްޕްޓަން އަތުން 0-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި މޮރީނިއޯ ވަނީ ލަނޑެއް ނުޖެހުމާ ގުޅިގެން ކުޅުންތެރިންނާ މެދު ހިތްހަމަ ނުޖެހިގެން ޓެކްނިކަލް އޭރިއާގައި ހުރެ ހަޅޭ ލަވާފައެވެ.

މިއާ ގުޅިގެން މެޗުގެ ރެފްރީ ކްރެއިގް ޕޯވްސަން ވަނީ މޮރީނިއޯއަށް ދަނޑުމަތި ދޫކޮށް ދިއުމަށް އަންގާފައެވެ. ބެލޭވެ ގޮތުގައި އޭނާ ދަނޑުން ފޮނުވާލާފައި ވަނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް މައިކް ޑީން އެތައް ފަހަރަކު އެންގުމުން ވެސް ދަނޑުގެ ރޮނގު ކައިރިން ދުރަށް ނުދިއުމުންނެވެ.

"އަހަރެންނަކަށް ނޭނގެ ވީ ގޮތެއް. މެޗު ރެފްރީ އެންގީ އަހަރެން ކައިރީ ދަނޑު ދޫކޮށް ދިއުމަށް،" މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ނަމަވެސް އިނގިރޭސި އެފްއޭއިން ވަނީ މޮރިނިއޯގެ މި އަމަލާމެދު އިތުރު ފިޔަވަޅެއް ނޭޅުމަށް ނިންމާފައެވެ. މިއާއެކު ލީގުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި މޮރީނިއޯ ބެންޗުން ފެންނާނެއެވެ.

މޮރީނިއޯއަށް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިސިޕްލިން މައްސަލަތަކަކާއި ގުޅިގެން އަދަބު ދީފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށް 50,000 ޕައުންޑުގެ ޖުރިމަނާއެއް ދައްކާފައެވެ.

comment ކޮމެންޓް