އަބީޝެކް "ޕަލްޓަން" ދޫކޮޮށްލައިފި

"ޕަލްޓަން" ގެ ޕޯސްޓަރު

ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާ ފިލްމު "ޕާލްޓަން"ގައި ކުރިން ބައިވެރި ވުމަށް ހަމަޖެހިފައި އޮތްނަމަވެސް ފިލްމްގެ ޝޫޓިންގް ފެށުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް އަބީޝޭކް ބައްޗަން އެ ފިލްމު ދޫކޮށްލައިފިއެވެ.

އަބީޝެކް އެ ފިލްމުން ވަކިވުމުން، ޑައިރެކްޓަރަށާއި ފިލްމުގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

"އަމިއްލަ ސަބަބުތަކެއް ހުރެގެން އޭނާ މި ފިލްމު ދޫކޮށްލާފައިވާކަން ވަނީ އަންގާފައި. އެންމެފަހު ވަގުތު ފިލްމު ދޫކޮށްލުމުން މިއީ ދެރަވާ ކަމެއް. އަސްލު މުޅި ކާސްޓުންނަށްވެސް ވަރަށް ބޮޑު ޝޮކެއް ލިބިފައި މިތިބީ،" ނިދީ ބުނެފައިވެ އެވެ.

ފިލްމުން ވަކިވީ ޝޫޓިން ފަށަން 24 ގަޑިއިރަށް ވެފައި ވަނިކޮށް ކަމަށް ވާތީ އޭނާގެ ބަދަލުގައި އެ ރޯލު ކުޅޭނެ އެކްޓަރެއް ވެސް އަދި ނުހޯދިގެން އުޅޭ ކަމަށާއި އެކްޓަރެއް ހަމަޖެހުނުހާ އަވަހަކަށް ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ ކަމަށް އެޓީމުން ބުންޏެވެ.

"ޕާލްޓަން" އަކީ 1962 ގައި އިންޑިއާ އާއި ޗައިނާގެ މެދުގައި ކުރި ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަކީ ނިލް ޝެޓީ، އަރްޖުން ރާމްޕާލް، ސޯނޫ ސޫދު، ޕުލްކިތު ސަމްރާޓް، ސިދާންތު ކަޕޫރު، ގުރުމީތު ޗައުދަރީ، ޖިމީ ޝާގިލް، ޖެކީ ޝްރޮފް އަދި ލަވް ސިންހާ އެވެ.

އަބީޝެކްގެ ފިލްމަކަށް އެންމެ ފަހުން ރިލީޒްވީ 2016ގައި ނުކުތް "ހައުސްފުލް 3" އެވެ. އެ ފިލްމް ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލް ފިލްމަކަށެވެ.

comment ކޮމެންޓް