ޓްރެވަލް އެވޯޑްސްގެ ސިލްވާ ޕާޓްނަރަކަށް އަލް ޝާލީ މެރިން މޯލްޑިވްސް

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެ ސިލްވާ ޕާޓްނަރަކަށް އަލް ޝާލީ މެރިން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސިލްވާ ޕާޓްނަރަކަށް އަލް ޝާލީ މެރިން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މި އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސިލްވާ ޕާޓްނަރަކަށް ހަމަޖައްސާފައިވާ އަލް ޝާލީ މެރިން ޕްރައިވެޓް ލިމިޓެޑަކީ، ދުބާއީގެ އަލް ޝާލީ މެރިން އާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ގުޅިގެން ރާއްޖޭގައި ހިންގާ ކުންފުންޏެކެވެ.

އަލް ޝާލީ މެރިން އަކީ ރާއްޖޭގައި ފައިބަރ ގްލާސް ބޯޓުފަހަރު އަދި ލޯންޗު ބަނުމުގައި އަދި މީގެ އިތުރުން ބޯޓު ފަހަރަށް ބޭނުންވާ ތަފާތު ހިދުމަތްތަށް ދެމުން އަންނަތާ 10 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކުންފުންޏެކެވެ. އަލް ޝާލީ މެރިންގެ އަމާޒަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަށް ފުރިހަމަކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި އަލް ޝާލީ މެރިންއިން ބަންނަ އޮޑި ދޯނިފަހަރަކީ އެންމެ ފެންވަރު ރަނގަޅު ދޯނިފަހަރަށް ހެދުމަކީ އަލް ޝާލީ މެރިންގެ އަމާޒެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޖުމްލަ ތިން އެވޯޑު ހަފްލާއެއް މިއަހަރު އޮވެއެވެ. އޭގެ ތެރެއިން ފުރަތަމަ އިވެންޓް، މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ޖުލައި މަހު ވަނީ ބާއްވައިފައެވެ. ދެން އެންމެ އަވަހަށް އޮންނާނީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެވެ. އެއަށްފަހު އޮންނާނީ ނޮވެމްބަރު މަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ޓްރެވަލް ކޮންފަރަންސް، އަދި އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި، މޯލްޑިވްސް ޓްރެވަލް އެވޯޑްްސްގެ ގާލާ އިވެންޓެވެ.

މަޓާޓޯ މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް