މަޖިލިސް ކުރާ ގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަޖިލިސް ކުރާ ގޭގައި އަލިފާނުގެ ހާދިސާ ހިނގައިފައި.- ފޮޓޯ/ އެމްއެންޑީއެފް

ރޭ މަޖިލިސް ކުރާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ރޭ 3:55 އެހާކަންހާ އިރު ހާދިސާގެ މަޢުލޫމާތު ލިބުނު ކަމަށާއި އަލިފާން ރޯވީ މަޖިލީހުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައި ކަމަށެވެ.

އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އަލިފާން ނިއްވައިލައިފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާގެ ފާހާނާގައި ހުރި ޑަސްބިނެއްގައި އަލިފާން ރޯވެ މަޖިލިސް ދުވަސްކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ.

comment ކޮމެންޓް