އެޗްޑީސީއިން ބާއްވާ ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

އެޗްޑީސީއިން ހުޅުމާލޭގައި ބަހައްޓައިފަވާ އާޓް އިންސްޓޯލޭޝަން އެއް --

އެޗްޑީސީ އިން ހުޅުވާލައިފަވާ ފޮޓޯ ގްރަފީ މުބާރާތުގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ބޭއްވި އާޓް ފެސްޓިވަލްގައި ފަރުމާކޮށް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބެހެއްޓިފައިވާ އާޓް އިންސްޓޯލޭޝަން ތައް ބޭނުންކޮށް ފޮޓޯ ނަގައި އިންސްޓާގްރާމާއި ފޭސްބުކަށް އަޕްލޯޑު ކުރުމަށް ހުޅުވާލި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިކަމަށެވެ.

މުއްދަތު އިތުރު ކުރުމުގެ އިތުރުން މިހާރު މުޅި ހުޅުމާލެ ތެރޭގެ ކޮންމެ ތަނެއްގައިވެސް ނަގާފައިވާ ފޮޓޯ މުބާރާތުގައި ބައިވެރިކުރުމަށް އަޕްލޯޑް ކުރެވޭނެ ކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ބަހައްޓައިފަވާ އާޓް އިންސްޓޯލޭޝަން އެއް --

މުބާރާތުގައި ފޮޓޯ ބައިވެރިކުރުމާބެހޭ ގަވައިދާއި އެހެނިހެން މައުލޫމާތު އެޗްޑީސީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ، އަޕްލޯޑް ކުރާ ފޮޓާތަކުން ވަނަ ހޮވުމުގައި ބަލާނީ އެންމެ ގިނަ ލައިކްސް ލިބިފައި ހުންނަ ފޮޓޯތަކަށް ކަމަށެވެ. އަދި ފޮޓޯތަކަށް ޕޮއިންޓް ދިނުމުގައި ސޯޝަލް މީޑިއާ އިން 60 ޕަސެންޓް އަދި ޖަޖުން ގެ 40 ޕަސެންޓް ހިމެނޭނެކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން ހުޅުމާލޭގައި ބަހައްޓައިފަވާ އާޓް އިންސްޓޯލޭޝަން އެއް --

މި މުބާރާތުން އެއްވަނަ އިނާމަކަށް 10000 ރުފިޔާ، ދެވަނަ އިނާމަކަށް 5000 ރުފިޔާ، އަދި ތިންވަނަ އިނާމަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާކަމަށް އެޗްޑީސީއިން ބުންޏެވެ.

މި މުބާރާތުގައި ބައިވެރި ކުރާ ފޮޓޯތައް އެޗެޑީސީ ގެ މާކެޓިން ކަންކަމުގައި ފޮޓޯގެ ވެރިފަރާތުގެ ނަމާއެކު ބޭނުން ކުރެވޭނެ ކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

comment ކޮމެންޓް