ޅ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން އެ އަތޮޅު ނައިފަރުގެ މުޢައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދާ ''ޗަންޕަލާރ ހޯލްޑިންގްސް އެންޑް ކުރެއްދޫ ހޯލްޑިންގް: އިންޓަރ އޮފީސް ވޮލީ ބޯލް ޓޯރނަމެންޓް 2017'' މާދަމާ ފަށާނެއެވެ.
އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ރަށުގައި ގާއިމް ކުރެވިފައިވާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުވުމުވެ. އަދި ވޮލީ ބޯޅަ ކުޅުމަށް ޝައުގުވެރިވާ ދެޖިންސުގެ ފަރާތްތަކަށް އެފުރުސަތުވެސް ހޯދައިދިނުމަކީ ވެސް އެ މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އަދި ހަމައެއާއެކު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އާއްމު ރައްޔިތުންނަށް ސިއްހަތާގުޅޭ ތަފާތު މެސެޖްތައް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ނައިފަރު އިންޓަރ އޮފީސް ވޮލީ ބޯލް ޓޯރނަމެންޓް 2017 ގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން--
އެ މުބާރާތުގައި ނައިފަރުގައި ގާއިމް ވެފައިވާ ޖުމްލަ 13 މުއައްސަސާއަކުން ބައިވެރިވެގެން ޖުމްލަ 10 ޓީމެއް ވާދަކުރާނެއެވެ. އެއީ އަންހެން ހަތަރު ޓީމާއި ފިރިހެން ހަ ޓީމެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ޓިމްތަކަކީ، ޓީމްފެނަކަ، ޔުނައިޓެޑް ބީއެމްއެލް، ނައިފަރު ޕޮލިސް، ޓީމް އިފްތިތާޙް، ކައުންސިލް، ޓީމް ހޮސްޕިޓަލް އަދި ވީސީއެންސީ (ވިލާ ކޮލެޖް ނައިފަރު ކެމްޕަސް) އެވެ.
އެ މުބާރާތުގެ ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފައެވެ. ގުރުއަތުލުމަށް ބޭއްވި ރަސްމިއްޔާތުގައި މުބާރަތަށް ހާއްސަކޮށްގެން ތައްޔާރުކުރި ލަވައެއްވެސް އިފްތިތާހުކޮށްފައެވެ.

ނައިފަރު އިންޓަރ އޮފީސް ވޮލީ ބޯލް ޓޯރނަމެންޓް 2017 ގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން--
މުބާރާތް އޮންނާނި މަދާމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗްތަކެއް ކުރިއަށްދާނީ ޅ. އަތޮޅު ހޮސްޕިޓަލްގައި މުވައްޒަފުން ތަރައްގީކޮށްފައިވާ ހޮސްޕިޓަލްގެ ވޮލީ ކޯޓުގައެވެ. އަދި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއްގައި އަމަލީގޮތުން ހަރަކާތްތެރިވަނީ ހޮސްޕިޓަލްގެ މުވައްޒަފުންނެވެ.
އެމުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ކުރެއްދޫ ރިސޯޓް، ހުރަވަޅި އައިލެންޑް ރިސޯޓް، ކުޑަދޫ މޯލްޑިވްސް އަދި ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ.

ނައިފަރު އިންޓަރ އޮފީސް ވޮލީ ބޯލް ޓޯރނަމެންޓް 2017 ގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން--
މިއީ ޅ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ނައިފަރުގައި ބާއްވާ އެފަދަ ދެވަނަ މުބާރާތެވެ.
ޅ.އަތޮޅު ހޮސްޕިޓަލަކީ ސިއްހަތާ ގުޅުވައިގެން ފަހަކަށް އައިސް ތަފާތު ގިނަ ހަރަކާތްތަކެއް އާއްމު ރައްޔިތުންނަަށާއި ސްކޫލްގެ ދަރިވަރުންނަށް އަދި ރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އަމާޒުކޮށްގެންގެން ހިންގާ ހޮސްޕިޓަލެކެވެ.
ރަށުފެންވަރުގައި ބާއްވާ ގިނަ ހަރަކާތްތަކުގައި އަމަލީގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފުން ބައިވެރިވެއެވެ.