ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން ---

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު، ބަނގުލަދޭޝް އަތުން ވެސް ބަލިވެއްޖެއެވެ.

ބޫޓާނުގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެެ ކުޅުނު ދެވަނަ މެޗުގައި ބަނގުލަދޭޝް އަތުން ބަލިވީ 0-2ގެ ނަތީޖާ އަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނަ ހޯދައި މުބާރާތް ކާމިޔާބު ކުރުމަށް ގައުމީ ޓީމަށް މިވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެ މުބާރާތުގައި މިއަދު ބޫޓާން ވަނީ ނޭޕާލް އަތުން 1-0 އިން މޮޅުވެފައެވެ. އެ ނަތީޖާއާއެކު، ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ބަނގުލަދޭޝްއަށެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ގޯލުގެ ތަފާތުން އޮތީ ބޫޓާނެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާ އާއި ބަނގުލަދޭޝްގެ އިތުރުން ބޫޓާނެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅެ ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް