ވީއޭއެމްގެ މި ދައުރުގެ ތިން ވަނަ ޖެނެރަލް ސެކްރެޓަރީއަކަށް އަދީލް

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސި އަހުމަދު އަދީލް (ބޭބެ)---

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މި ދައުރުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އަހުމަދު އަދީލް (ބޭބެ) ހަަމަޖައްސައިފި އެވެ.

މީގެކުރިން ގައުމީ އަންހެން ޓީމުގެ ކޯޗްކަން ވެސް ކޮށްފައިވާ ބޭބެ އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި މުހައްމަދު ޝަރަފް ވަކިކުރުމާ ގުޅިގެންނެވެ.

މިއީ ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އިންތިޚާބުވެވަޑައިގަތް ފަހުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ފުރަތަމަ ހަމަޖެއްސީ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އާދަމް އެވެ. އެއަށް ފަހު ދެން އެމަގާމަށް ހަމަޖައްސާފައި ވަނީ ޝަރަފް އެވެ.

comment ކޮމެންޓް