"ދަންގަލް" އަށް ފަހު އާމިރު ހާން މުޅިން ބަދަލުވެފައި

އާމިރު ހާން ފިލުމަށް ތައްޔާރުވެފައި

ައާމިރު ހާނަކީ އޭރު ވެސް އަދި މިހާރު ވެސް ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ކުޅާދާނަ ބަތަލެކެވެ.

އާމިރު ކުޅޭ ފިލުމުތައް ވެގެންދަނީ އެ އަހަރެއްގެ އެންމެ 'ހިޓް' ފިލުމުތަކަށެވެ. މިހާރު އޭނާ އަންނަނީ އަމީތާބާ އެކު "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިންގައި ބައިވެރިވަމުންނެވެ. އޭނާ އަކީ އޭނާ އަށް ލިބޭ ރޯލު ވަރަށް ފުރިހަމަ އަށް އަދާކުރާ މީހެކެވެ. ކަމާ ކަން ފަށައިގެން އެކަމަށް ތައްޔާރު ވެސްވާ މީހެކެވެ.

އާމިރު ވަނީ "ދަންގަލް" ކުޅެން ފަލަވެފައި ހުރުމަށް ފަހު މި ފިލްމަށް ޓަކައި ވަރަށް ބޮޑަށް ހިއްކާލައިފަ އެވެ.

ދިގު އިސްތަށިގަނޑަކާއި މަތިހެއްލާފައި ހުރިއިރު އާމިރު ފެންނަނީ ވަރަށް ހިކިކޮށްށެވެ. 'ދަންގަލް' އަށް ފަހު އޭނާ ވަނީ މުޅިން ބަދަލުވެފަ އެވެ. މުޅިން މީހާ ހިއްކާލައިފަ އެވެ.

ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ "ތަގްސް އޮފް ހިންދުސްތާން"ގައި އާމިރު ކުޅެނީ ކަނޑުފޭރޭ މީހެއްގެ ރޯލެވެ.

ޔަޝްރާޖް އިން ފިލުމު ޕްރޮޑިއުސް ކުރާއިރު ފިލުމު ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ. އާމިރުގެ އިތުރުން ފިލުމުގައި ހަރަކާތްތެރިވާނީ ސަނާ ޝެއިޚް އާއި ކެޓުރީނާ ކައިފެވެ.

comment ކޮމެންޓް