އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އަނީސް އިސްތިއުފާ ދެއްވައިފި

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނީސް (މ)ގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަނީސް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަނީސް މަގާމުން އިސްތިއުފާ ދެއްވިކަން 'ސަން' އަށް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.

އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ކަމަށް އަނީސް ވިދާޅުވީ "ސިޔާސީ ކަންކަމާ ދުރުގައި ހުރުމަށް ބޭނުންވާތީ" ކަމަށެވެ.

މީގެ ކުރިން އަނީސް ވަނީ މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަނީސް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލު ކުރީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމުންނެވެ.

comment ކޮމެންޓް