އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން "ނިޕޯން ޕެއިންޓް ކަލާ ފިއެސްޓާ"ގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި އެވެ.
އެސްޓީއޯ އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ކުރިޔަށްދާ އެ ޕްރޮމޯޝަނަކީ މި އަހަރުގެ 10 ސެޕްޓެމްބަރު އިން 9 ނޮވެމްބަރުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެސްޓީއޯ އިން ބުނެ އެވެެ.
އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ތެރޭގައި ނިޕޯން ޕެއިންޓްއިން ކުރައްވާ ކޮންމެ 1,500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް އަދި ވަގުތުން ލިބޭ އަގުހުރި އިނާމްތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ތިން ފަރާތެއް ގުރުއަތުން ހޮވައި އިނާމް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އިނާމްތަކުގެ ތެރޭގައި:
1 ވަނައަށް އަންނަ ފަރާތަކަށް 25,000 ރުފިޔާގެ ވައުޗަރެއްް
2 ވަނަ އަށް އަންނަ ފަރާތަކަށް 15,000 ރުފިޔާގެ ވައުޗަރެއްް
3 ވަނައަށް އަންނަ ފަރާތަކަށް 8,000 ރުފިޔާގެ ވައުޗަރެއް
މީގެ އިތުރުން ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ނިޕޯން އެކްސްސަރީސް ގިފްޓް ހޭމްޕާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕްރޮމޯޝަންގެ ތެެރޭގައި ނިޕޯން ޕެއިންޓްގެ އާ ޕްރޮޑަކްޓް މޮޒީ ގާޑް މާކެޓަށް ނެރެވިގެންދާނެ އެވެ.