އުރީދޫ ކުޑަކުދިންގެ ހަވީރުގައި ފްރީ ފްލައިން އެސޯސިއޭޝަންގެ ދޫނިތައް ވެސް

ފްރީ ފްލައިން އެސޯސިއޭޝަން މެންބަރުން ދޫނިތަކާއެކު---

މޯލްޑިވްސް ފްރީ ފްލައިން އެސޯސިއޭޝަންގެ ދޫނިތައް ވެސް އުރީދޫ ފަން ރަން، ކުޑަކުދިންގެ ހަވީރުގައި ބައިވެރިވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އުރީދޫއާ މޯލްޑިވްސް ފްރީފްލައިން އެސޯސިއޭޝަނާ އެކު ވަނީ ޕާޓްނަޝިޕެއް ހަދާފައި ކަމަށެވެ. މި ޕާޓްނަޝިޕާއެކު އެސޯސިއޭޝަންގެ މެންބަރުންގެ ދޫނިތައް ފަން ރަންގައި އަދި ފަން ރަންގެ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވާނެ ކަމަށް އުރީދޫން ބުންޏެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ބުރާސްފަތި ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވީރު ހަތަރަކުން ހަޔެއްގެ ނިޔަލަށެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އައިސް ދޫނިތައް ބަލާލާ، ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

https://sun.mv/215396

ފްރީ ފްލައިން މޯލްޑިވްސް އެސޯސިއޭޝަނަކީ ދޫނި ގެންގުޅުމާއި ދޫނި ސޫފާސޫފީގެ މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ އެކުވެރި ދޫނިތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ވެލްފެއާ ފަސްޓް ސްޓޭންޑަޑްތަކާއި، ދޫނި ގެންގުޅޭ ގޮތުގެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމެވެ.

މިއީ ދޫނި ގެންގުޅޭ ފަރާތްތަކުން އިސްނަގައިގެން އުފައްދާފައިވާ ފުރަތަމަ ޖަމިއްޔާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމުކޮށްދޭނެ އިވެންޓެކެވެ. އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް