ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ، 54 ވަކީލުން ސަސްޕެންޑްކޮށްފި

އިލްތިމާސް ހުށަހެޅުއްވުމަށްފަހު ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި ---

ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއް ބަލައި ނިމެންދެން، 54 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ)އިން ނިންމައިފި އެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، 56 ގާނޫނީ ވަކީލަކު ޕެޓިޝަނެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ އިލްތިމާސް ސުޕްރީމް ކޯޓުން އެ ދުވަހު ބަލައި ގެންފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އެ ވަކީލުން ވަނީ "ތައައްސަބުން އެއްކިބާވެ، އިންސާފު ގާއިމުކޮށްދެއްވާ" މި ލިޔުން ޖަހާފައިވާ ބެނާއެއް ދަމައި ސަފަކަށް އެތުރިފަ އެވެ.

ސަސްޕެންޑް ކުރި ގާނޫނީ ވަކީލުންގެ ތެރޭގައި އެ ދުވަހު ސުޕްރީމް ކޯޓު ދޮށަށް ނުދާ ވަކީލުން ވެސް ހިމެނެ އެވެ. ސުޕްރީމް ކޯޓު ދޮށަށް ދިޔައީ 21 ވަކީލެކެވެ.

ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި ސޮއި ކުރި ވަކީލުންނެވެ. ސަސްޕެންޑު ކުރި ވަކީލުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ހިމެނިވަޑައިގަންނަވައެވެ.

ސަސްޕެންޑު ކުރި ވަކީލުން

  1. މޫސާ ސިރާޖު
  2. މަހުފޫޒު ސައީދު
  3. އިބްރާހިމް ޝިޔާމް
  4. އަބްދުﷲ ހުސައިން
  5. ތޯހާ މުހައްމަދު
  6. އަހުމަދު ނާޒިމް އަބްދުއްސައްތާރު
  7. ހުސްނުއްސުއޫދު
  8. އަނަސް އަބްދުއްސައްތާރު
  9. އާއިޝަތު ޝީނާ މުހައްމަދު
  10. އިބްރާހިމް ރިފްއަތު
  11. ހިސާން ހުސައިން
  12. އަލްހާ އަލީ ރަޝީދު
  13. ފަރީޝާ އަބްދުﷲ
  14. މާޖިދާ މަޖްދީ
  15. އާމިނަތު ރާޔާ އަލީ
  16. ފާތިމަތު ލަމްޢާން
  17. އާމިނަތު މުހައްމަދު ދީދީ
  18. އިމްތިޔާޒް ފަހުމީ
  19. އަބްދުއްސަލާމް އާރިފް
  20. ފަތުހުﷲ އިސްމާއިލް
  21. އަބްދުﷲ ނަސީރު މުހައްމަދު
  22. އަބްދުލް މާނިއު ހުސައިން
  23. ރައީފާ އަބްދުލް ވައްހާބު
  24. ހަސަން ލަތީފް
  25. ޚަދީޖާ ނައީމް
  26. ޒިންމާ އަބްދުލް މުހުސިން
  27. މަސްތޫރު ހުސްނީ
  28. ނޫރުއްސަލާމް އަބޫބަކުރު
  29. އަހުމަދު ޝަފީގު
  30. އަހުމަދު ޝާން
  31. އަހުމަދު އަބްދުﷲ އަފީފް
  32. ސަފާ ޝަރީފް
  33. އަބްދުﷲ ހަސީން
  34. އަބްދުﷲ އަހުމަދު
  35. މުހައްމަދު ފައިސަލް
  36. އަލީ ނަދީމް
  37. މަރިޔަމް ހަނީފާ ޚާލިދު
  38. ރުޝްދުﷲ އިބްރާހިމް
  39. މަރިޔަމް ސަނާ ފަހުމީ
  40. އައިޝަތު ލުއާ ޝަހީރު
  41. މުހައްމަދު ހަައްސާން އަހުމަދު
  42. އަލީ ޒާހިރު
  43. މާރިޔާ އަހުމަދު ދީދީ
  44. މުހައްމަދު ފަރީދު
  45. މުހައްމަދު ޝާހިދު
  46. އަނޫސާ މޫސާ
  47. މުހައްމަދު ފައްވާޒު
  48. އަބްދުﷲ ޝާއިރު
  49. ޝަހްރާ މޫސާ
  50. ޝަޝްމާ އަބްދުއްރައްޒާގު
  51. ސަފްއަތު ހަބީބު
  52. ނާޒިލް އަފީފް
  53. ހަސަން ވަހީދު
  54. އަލީ އަބްދުއްލަތީފް

ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަންގައި ސޮއިކުރި ވަކީލުންގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ ވަކީލުން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރާ ކަންކަން

  1. ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންގެ ގައިދާ ޚިލާފުވުން
  2. ގާނޫނީ ވަކީލުންގެ އިގްރާރާ ޚިލާފުވުން
  3. ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދާ ޚިލާފުވުން
  4. ކޯޓުތަކުގެ ގާނޫނާ ޚިލާފުވުން

ޑީޖޭއޭ އިން މިރޭ ކުރި އިއުލާނުގައި ވަނީ ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސްއެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ ވަކީލުން އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތާ ބެހިފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެއިތުރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްތިސޯސްތަކާއި ކޯޓުގެ އިޖުރާއަތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ދަތިކޮށް ކޯޓުގެ ހުރުމަތް އެ ވަކީކުން ކެނޑި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް