Ooredoo
Ooredoo

ރާއްޖެއަށް ''ކަޕް ބޮން'' ޑްރިންކް ގެންނަނީ!

"ކަޕް ބޮން" ގެ އައުޓްލެޓެއް، މި އަހަރުގެ ނޮވެންބަރުގައި ކަޕް ބޮން ރާއްޖެއިންވެސް ލިބެންހުންނާނެ.--

މެލޭޝިއާ އާއި އިންޑޮނޭޝިއާގައި މަގްބޫލުކަން ހޯދައިފަވާ "ކަޕް ބޮން" ޑްރިންކް ރާއްޖެ ގެންނަން ނިންމައިފިއެވެ.

ADK GENERAl

ރާއްޖޭގެ ކުންފުންޏެއްކަމަށްވާ "ބިލްސް ނައިންޓީ" އިން ކަޕް ބޮން ރާއްޖެ ގެނައުމަށް ފްރޭންޗައިޒް އެގްރީމެންޓެއްގައި ވަނީ ސޮއި ކޮށްފައެވެ. ފްރޭންޗައިޒް އެގްރީމެންޓްގައި ބިލްސް ނައިންޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ނާބިލް އެވެ. އަދި ކަޕް ބޮންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކަޕް ބޮންގެ ސީއީއޯ ވިންސެންޓް ޗިން އެވެ.

ސަން އަށް މައުލޫމަތު ދެއްވަމުން ބިލްސް ނައިންޓީގެ ޑިރެކްޓަރު މުހައްމަދު ނާބިލް ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގައި ކަޕްބޮން ރާއްޖެ ގެނައުމަށް ވާންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ކަޕް ބޮން އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ނާބިލް ވިދާޅުވީ، ކަޕް ބޮންގެ ޑްރިންކަކީ ތާޒާ ފްލޭވަރތަކުން ހަދާ އައިސް ބްލެންޑް ބުއިމެއްކަމަށެވެ. އަދި ރާއްޖެ ފަދަ ހޫނު ތަންތަނަށް އެންމެ އެކަށޭނަ، ރަހަމީރު ބުއިމެއް ކަމަށްވެސް ނާބިލް ވިދާޅުވިއެވެ.

ކަޕްބޮންގެ އައުޓްލެޓް ހުޅުމާލެ ޓާމިނަލް ހިސާބުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެތަނުން ކަޕް ބޮން ލިބެން ހުރުމުގެ އިތުރުން، ތަން ހެދިފައި ހުންނާނީ ކޮފީ ކޯނާރ އަދި ފޫޑް ކޯޓަކާވެސް އެކުގައި ކަމަށް ނާބިލް ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް