އެމްޓީސީސީގެ ބޯޑަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފި

އެމްޓީސީސީ އަހަރީ އާންމު ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަތް މެމްބަރުންނަކީ:

  1. ނަސްރަތު މުހައްމަދު
  2. އައިޝަތު ފަޒީނާ
  3. މުހައްމަދު ފަރުޞަތު
  4. މަންސޫރު ޒުބައިރު

މިހަތަރު މެމްބަރުން އިންތިޚާބުވެފައިވަނީ ބޯޑަށް ކުރިމަތިލެއްވި އަށް މެމްބަރުންގެ މެދުގައި އާންމު ހިއްސާދާރުން ދެއްވި ވޯޓަކުންނެވެ. ބޯޑަށް ޖުމްލަ ނުވަ މެމްބަރަކު ކުރިމަތިލެއްވި އެވެ. ނަމަވެސް އޭގެ ތެރެއިން އެއް މެމްބަރަކު ވަނީ އަމިއްލައަށް ނަން އަނބުރައި ގެންދަވާފައެވެ.

އާންމު މެމްބަރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މި ހަތަރު މެމްބަރުން ހޮވިވަޑައިގެންނެވި އިރު ސަރުކާރުގެ ފަރާތުން ބޯޑަށް ހަ މެމްބަރަކު އައްޔަން ކުރައްވާފައިވެއެވެ.

  1. އަހުމަދު ނިޔާޒު (ޗެއާމަން)
  2. އިބްރާހިމް ޒިޔާތު (މެނޭޖިން ޑިރެކްޓަރު)
  3. އަހުމަދު ކްރިކް ރިޟާ (އެގްޒެކެޓިވް ޑިރެކްޓަރު)
  4. ނާޝިމާ އަބްދުއްލަތީފް
  5. ހަސަން މުނީރު
  6. އަހުމަދު އަބްދުﷲ

މީގެ އިތުރުން ރޭގެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ ކުންފުނީގެ ކޮންމެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރު ކުންފުނީގެ ހިއްސާ ސްޕްލިޓް ކޮށް، ކޮންމެ 50 ރުފިޔާގެ ހިއްސާއެއް ފަސް ރުފިޔާގެ 10 ހިއްސާއަށް ބަދަލުކޮށް ރައިޓްސް އިޝޫ ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގަރާރުވެސް ރޭ ފާސްކޮށްފައިވެއެވެ.

comment ކޮމެންޓް