ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ކުރިއަށްދަނިކޮށް ގާސިމް އަނބުރައިގަނެގެން ކޯޓުގެ ތެރެއަށް ވެއްޓިއްޖެ އެވެ.
ގާސިމް އަނބުރައިގަނެގެން ވެއްޓުނީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ގާސިމްގެ ފަރާތުން ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް އަނބުރައިގަނެގެން ވެއްޓުމާއެކު ޝަރީއަތް ވަނީ މެދުކަނޑާލާފައެވެ.
ގާސިމްގެ މައްޗަށް އެ ދައުވާ އުފުލީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅުވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިމެޓު ދިނުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.