ނަން އަނބުރާ ގެންދެވުމާ އެކު ނީޒާ އިސްތިއުފާ ދެއްވައިފި

ނީޒާ އިމާދު --

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ހުށަހެޅުއްވި ނީޒާ އިމާދުގެ ނަން ސަރުކާރުން އަނބުރާ ގެންދެވުމުން، އޭނާ އެމްއެމޭގައި އަދާކުރައްވަމުން ގެންދެވި އެސިސްޓެންޓް ގަވަރަރުނަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެއެމްއޭގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި މިއަދު ސަން އަށް ވިދާޅުވީ މ. ލަކްސްލިން ނީޒާ އިމާދު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއެއް ވިދާޅުވެފައެއް ނުވެ އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުން ނީޒާ މަގާމުން އިސްތިއުފާ ދެއްވި ސަބަބަކީ ކުރިން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ނީޒާގެ ނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ފަހު މިއަދު އެނަން އަންބުރާ ގެންދިއުމާ ގުޅިގެންނެވެ.

އެމްއެމްއޭގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އަދި އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާ ނީޒާ އަކީ އެ އިދާރާގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ އެންމެ އިސްވެރިޔާ އެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން ރާއްޖެ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ކަނޑައަޅާފައި ހުންނަވާ އަލްޓަނޭޓިވް ގަވަރުނަރު ވެސްމެ އެވެ.

އެމްއެމްއޭގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ ނީޒާ މަތީ ތައުލީމު ހާސިލް ކުރައްވާފައި ވަނީ މާސްޓާސް އޮފް ކޮމާސްގެ ދާއިރާ އިންނެވެ.

ނީޒާ އިމާދުގެ ނަން އަނބުރާ ގެންދަވައި އެމަގާމަށް އަހުމަދު ނަސީރުގެ ނަން ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.

comment ކޮމެންޓް