ދިރާގު ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލްގެ ފައިނަލް މެޗު މިއަދު ހަވީރު

ދިރާގު ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން --- ފޮޓޯ: ދިރާގު

ދިރާގާއި އަހްމަދިއްޔާ އިނަޓާނެޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ފެށިގެން ކުރިއަށް އެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ފެސްޓިވަލް ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30ގައި ހެންވޭރު ބޯޅަ ދަނޑުގަ އެވެ.

ދިރާގާއި އަހްމަދިއްޔާ ގުޅިގެން މީގެ ހަތް އަހަރު ކުރިން ބާއްވަން ފެށި އެ ފެސްޓިވަލްގައި މި އަހަރު މާލެ އާއި ހުޅުމާލެ އަދި ވިލިނގިލިން 15 ސްކޫލަކުން ވަނީ 270 އަށްވުރެން ގިނަ ކުޑަކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ގެ ތެރެިން----ފޮޓޯ/ ދިރާގު

ތިން ގްރޫޕްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ގްރޫޕް 'އޭ'ގައި ވާދަކުރަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީސްކޫލް އަދި ޝައިން ލާނަސް ޕްރީ ސްކޫލެވެ.

ގްރޫޕް 'ބީ'ގައި އަމީރު އަހުމަދު ޕްރީ ސްކޫލާއި ކިންޑާ ޕްރީ ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރުމަށް ހަމަޖެހިފައިވާ އިރު ގްރޫޕް 'ސީ' ގައި ހިމެނެނީ ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލް، ރެހެންދި ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ.

ގްރޫޕް 'ޑީ' ގައި ވާދަކުރަނީ ތިން ޓީމެވެ. އެއީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ އަދި ދޮންދޫނި ޕްރީ ސްކޫލެވެ.

ދިރާގު ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ގެ ތެރެިން----ފޮޓޯ/ ދިރާގު

ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ މުހިންމު ދާއިރާއެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެކަމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ. މި މުބާރާތަކީ ވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެކެވެ.

ފެސްޓިވަލް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުޑަކުދިން ކުރިއެރުވުމާއި އެކުދިން އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުން ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި ޓީމް ސްޕިރިޓް ހެދިބޮޑުވުމާއި އަދި ކުޑަކުދިން ހިމާޔަތްކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިމްމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ ކަމެއްކަމަށް ވެސް ދިރާގުން ބުނެ އެވެ.

comment ކޮމެންޓް