މެރިޓައިމް އެކަޑަމީން ބިޒްނަސް ސްކޫލެއް ހުޅުވައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ވަނީ މުޅިން އަލަށް ބިޒްނަސް ސްކޫލެއް ހުޅުވައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި --- ފޮޓޯ: އެމްއޭއެމް

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) އިން މުޅިން އަލަށް ބިޒްނަސް ސްކޫލެއް ގާއިމުކޮށް، އެތަނުން ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

މެރިޓައިމް އެކަޑަމީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވަލް 3 އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ވެސް ހިމެނެ އެވެ. އަދި ވަޒީފާއަދާ ކުރަމުން ޕާޓްޓައިމްކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޙާއްސަކޮށްގެން ވެސް ކޯސްތަކެއް ފެށުމަށް ބިޒްނަސް ސުކޫލުން ވަނީ ނިންމައިފައެވެ.

އެ ކޯސްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމަންޓް، އާލީ ޗައިލްޑް ހޫޑް، ޓްރޭވަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް ހިމެނެ އެވެ.

ޑިޕްލޮމާ އިން އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް ކޯހަކީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް އިން ޑިވެލޮޕް ކޮށްފައިވާ މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ކޯހެއް ކަމަށް ވެސް އެމްއޭއެމް އިން މައުލޫމާތު ދެއެވެ.

އެމްއޭއެމް އިން ބުނީ، މި އަހަރުގެ ސެޕްޓެމްބަރ/ އޮކްޓޯބަރުގައި އެ އެކަޑަމީގެ ބިޒްނަސް ސްކޫލްއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށްއެދި ފޯމު ހުށައެޅުމުގެ ފުރުސަތު 15 އޮގަސްޓް 2017 އިން ފެށިގެން 05 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ކޯސްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް 2014 331 ، 9992 963 ފޯނާ ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނޭ ކަމަށްވެސް އެމްއޭއެމް އިން މައުލޫމާތުދެއެވެ.

comment ކޮމެންޓް