ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބުން ހޯދައިފި

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ރެޑްލައިން ކްލަބު --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބުން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބު މެޓްރިކްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރެޑްލައިން ކްލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މެޓްރިކްސްގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 36-54 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިން ކްލަބުގެ އާމިނަތު ރީމް ޝާމްއެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި ކްލަބު މެޓްރިކްސް --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްލަބު މެޓްރިކްސްގެ ރާޝިދާ މޫސާއާއި ރެޑްލައިން ސިޓީގެ އަނާން އަލީ ރަޝީދާއި ރެޑްލައިން ކްލަބުގެ އީމާ އަބްދުލް ސައްތާރާއި އެ ޓީމުގެ އާމިނަތު ރީމް ޝާމާއި މެޓްރިކްސްގެ އައިޝަތު ނައުރާއާއި ފެންފުށި ޒުވާނުންގެ ދިރުމުގެ ވިސާހު މުހައްމަދު އަދި ރެޑްލައިން ކްލަބުގެ އައިޝަތު ލޫނާ މޫސާއެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަންކަން ހޯދި ރެޑްލައިން ކްލަބުގެ ކޯޗު އާމިނަތު ހަލީމް (ދިލް)އެވެ.

comment ކޮމެންޓް