"ރުމާލު 2" ގެ ނަމުގައި ޕީޕީއެމްގެ ބޮޑު ޖަގަހައެއް މާލޭގައި ހުޅުވައިފި

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އަސުރުމާ

ފުރުގާން މިސްކިތް ކުރިން ހުރި ސިނަމާލެ ބިމުގައި ޕީޕީއެމްގެ ބޮޑު ޖަގަހައެއް "ރުމާލު 2"ގެ ނަމުގައި މިރޭ ހުޅުވައިފި އެވެ.

އެ ޖަގަހަ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރުމާލު 2 ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ރައީސް ޔާމީން ހުޅުވައި ދެއްވަނީ-- ފޮޓޯ/ އަސުރުމާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަ ކުރުމުގެ ގޮތުން ޕީޕީއެމުން ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އެ ޕާޓީގެ ޖަގަހަ ހުޅުވަމުންނެވެ. އެގޮތުން ރޭ ވަނީ "ޕީޕީއެމް ރާސްޓަސް" ނަމުގައި ޖަގަހައެއް ހުޅުވާފަ އެވެ.

ޕީޕީއެމުން ގެންދަނީ ވެސްޓް ޕާކް ހުރި ތަނުގައި ބޮޑު ޖަގަހައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް