ފުލުހުން ތަޙުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޏ. ފުވައްމުލައް/ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ)

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް / ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) އެވެ.

ނިޝާދު ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، "ބޭންކް އޮފް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން" ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނިޝާދު އަޙްމަދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް