އޫބާގެ ކުރީގެ ސީއީއޯ ޖޫރިމަނާކޮށްފި

އޫބާގެ ކުރީގެ ސީއީއޯ ޓްރޭވިސް ކެލަނިކް --- ފޮޓޯ: ބީބީސީ

މަޝްހޫރު ޓެކްސީ ސާވިސް 'އޫބާ'ގެ ކުރީގެ ސީއީއޯ ޓްރޭވިސް ކެލަނިކްގެ މައްޗަށް ފައިސާގެ އޮޅުވާލުންތަކެއްގައި ޝާމިލްވެފައިވާކަމަށް ދައުވާކޮށް އެކުންފުނީގެ އެންމެ ބޮޑު އިންވެސްޓަރު އޭނާގެ އަތުން ޖޫރިމަނާގެ ފައިސާއަށް އެދިއްޖެއެވެ.

ކުންފުނީގެ 13 ޕަސެންޓް ހިއްސާ އޮންނަ ބެންޗްމާކް ކެޕިޓަލް އިން ތުހުމަތުކުރާ ގޮތުގައި ކެލަނިކް ސީއީއޯގެ މަގާމުގައި ހުރިއިރު ވަނީ ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި އޭނާގެ ގާތް އަދި ވަފާތެރި ފަރާތްތައް ހަމަޖައްސާފައެވެ.

ބެންޗްމާކުން ތުހުމަތުކުރާގޮތުގައި މިއީ ކެލަނިކް އަލުން އަނބުރާ އެކުންފުނީގެ ސީއީއޯގެ މަގާމަށް އައުމަށް ދުރާލައި ތައްޔާރުވެގެން ކޮށްފައިވާ މަސައްކަތެކެވެ.

ކެލަނިކްގެ މައްޗަށް ކުރެވުނު ތުހުމަތުގެ ސަބަބުން އޭނާވަނީ މިދިޔަ ޖުލައި މަހު އޫބާގެ ސީއީއޯގެ މަގާމުން ވަކިކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ކެލަނިކްގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން ހާމަކުރިގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ބުރަދަނެއް ހުރިއެއްޗެއް ނޫނެވެ.

އޫބާގެ ކުރީގެ ސީއީއޯ ކެލަނިކް އޭނާ ފުރަމުން ގެންދިޔަ މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވެން ފެށުނު ތަހުގީގުތަކަކާ ހެދިއެވެ. އޭނާގެ މައްޗަށް، ވަޒީފާގައި ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމާއި، މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރުމުގެ އިތުރުން ކުންފުނީގެ ފައިސާ ނުހައްގުން ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތަކުގެ ތަހުގީގުކުރަން ވަނީ ފަށާފައެވެ.

comment ކޮމެންޓް