"ހަމަ ހިޓާޗީ އޭސީ ޕްރޮމޯޝަން"ގެ މުއްދަތު އިތުރުކޮށްފި

ޕްރޮމޯޝަން ފެށުމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަހުގެ 12 ވަނަ ދުވަހާ ހަމަޔަށް އެސްޓީއޯއިން ކުރިޔަށްގެންދާން ހަމަޖެހިފައިވާ "ހަމަ ހިޓާޗީ އޭސީ ޕްރޮމޯޝަން"ގެ މުއްދަތު އިތުރުކޮފިއެވެ.

މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު، ހަ މަސް ދުވަހުގެ މުއްދަތަށް އެސްޓީއޯއިން ފަށާފައިވާ ''ހަމަ ހިޓާޗީ ޕްރޮމޯޝަން'' މި އަހަރުގެ އޮކްޓޯބަރު 13އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ މަހަކުވެސް ނަސީބުވެރިޔެއް ހޮވައި، އެ ނަސީބުވެރިޔަކަށް ދުބާއީ ދެކޮޅު ޓިކެޓާ އެކު ތިން ދުވަހުގެ ހުރުމާއި ކެއުން އަދި ޓުއާއެއް ލިބޭގޮތަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެއްކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތާ އެކު ބޭނުން އެކަކު އިތުރަށް ގެންދެވޭނެ ކަމަށާއި އެސްޓީއޯގެ ފިހާރަތައް ހުންނަ ކޮންމެ ތަނެއްގައި އެ ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގައި ކުރިން ލިބެން ހުރި އަގުތަކުގައި، އިތުރު ކުރެވިފައިވާ މުއްދަތާ ހަމައަށް އޭސީ ބައްލަވައިގަންނަވަން ލިބޭނެކަމަށާއި ކުރިޔެކޭ އެއްފަދައިން އިންސްޓަލޭޝަން މެޓީރިއަލްސް ހިމެނޭގޮތަށް އިންސްޓޯލް ކޮށްދިނުން މުޅިން ހިލޭ ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ޕޮރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ 9000 ބީޓީޔޫ އޭސީ އެގު -/9،340ރ ހުރިނަމަވެސް މިހާރު -/7،950ރ އަށް ލިބޭއިރު 12000 ބީޓީޔޫ އޭސީ -/11،295ރ ގެބަދަލުގައި -/9،500ރ އަށް ލިބެން ހުންނާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އަދި މީގެ އިތުރުން ކުރިން ލިބެމުންއައި 18 މަސްދުވަހުގެ ވޮރެންޓީވެސް ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން އަލަށް ތައާރަފްކުރި އޭސީ އަކީ އެހެން އޭސީތަކާ އަޅާބަލާއިރު ތަފާތު ފީޗާ ހިމެނޭ އޭސީއެކެވެ. އެއާކޯނުގައި ހިމެނޭ "އެއާ ސްލީޕް" ނަމަކަށް ކިޔާ ފަންކްޝަނަކީ ފާހަގަކޮށްލެވޭ ފަންކްޝަނެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެއާ ސްލީޕް ފީޗާގެ ސަބަބުން އޭސީ ޖައްސައި ގިނައިރުވީ ނަމަވެސް ކޮޓަރީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އޭގެ އިތުރުން އޭގައި އިމޭޖް ކެމެރާ އާއި އިކޯ މޯޑް، ޔޫވީ ފްރެޝް އަދި ތާމަލް ކެމެރާ ހިމެނެ އެވެ.

comment ކޮމެންޓް