އެޗްބީއޯ އިން ވަގަށް ނެގި ޑޭޓާގެ އަގު މިލިއަނުން އަދާކުރުމަށް ހެކަރުން އެދެފި

އެޗްބީއޯގެ މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް" ---

ދާދިފަހުން "މިސްޓަ ސްމިތް" ނަމުން ނަންދެވިފައިވާ ހެކަރުންތަކެއް ވަނީ އެޗްބީއޯ ގެ ޑޭޓާ ކޭޗް އިން އެތައް ބައިވަރު ޑޭޓާއެއް ވަގަށް ނަގާފައެވެ.

އެ މީހުން އެކަން ކުރިކަން ސާބިތުކޮށްދިނުމަށް އެޗްބީއޯގެ އެންމެ މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ހަތަރު ވަނަ އެޕިސޯޑު "ސްޕޮއިލްސް އޮފް ވޯ" ވަނީ އޮންލައިން ޕޯޓަލްތަކުގައި ލީކު ކޮށްލާފައެވެ.

އަދި މިހާރު އެ ގްރޫޕުން ގެންދަނީ އެޗްބީއޯއަށް ވަގަށް ނެގި ޑޭޓާގެ ބަދަލު ބިޓްކޮއިން އިން އަދާކުރުމަށް އެދި ބްލެކްމެއިލް ކުރަމުންނެވެ. އެ ހެކަރުން ޑީމާންޑު ކުރަމުންދަނީ އެތައް މިލިއަން ޑޮލަރެއް ދިނުމަށެވެ.

އެގޮތުން އެ ގްރޫޕުން އަންގާ ގޮތުގައި އެޗްބީއޯއިން އެ މީހުންގެ ޑިމާންޑުތަކަށް އިޖާބަ ނުދީފިނަމަ ވަގަށް ނަގާފައިވާ ޑޭޓާ އޮންލައިންކޮށް މުޅި ދުނިޔެއަށް ހިއްސާ ކުރާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.

ހަބަރުތަކުން ބުނާ ގޮތުގައި "މިސްޓަ ސްމިތު" ގްރޫޕުން ވަގަށް ނަގާފައިވާ ޑޭޓާގެ ތެރޭގައި މިހާރު އެޗްބީއޯއިން ދައްކަމުން ގެންދާ "ގޭމް އޮފް ތްރޯންސް" ގެ ހަތް ވަނަ ސީޒަންގެ ފަސް އެޕިސޯޑެއްގެ ސްކްރިޕްޓާއި، އެ ޗެނަލުގެ ވައިސް ޕްރެޒިޑެންޓް އޮފް ޓީވީ ޕްރޮގްރާމިންގެ މެއިލްތަކަކާއި އެ ކުންފުނިން ބައެއް ފަރާތްތަކަށް ހުށައަޅާފަ ހުރި ވަޒީފާގެ ފުރުޞަތުގެ ލިޔެކިޔުންތަކުގެ އިތުރުން އެ ކުންފުންޏާ ދެކޮޅަށް ކުރެވެމުންދާ ބައެއް ދައުވާތަކުގެ ލިޔެކިޔުންތައް ވެސް ހިމެނެއެވެ.

މިހެކަރު ގްރޫޕުން ވަގަށް ނެގި "ގޭމް އޮފް ތްރޯންސް"ގެ އެޕިސޯޑުތަކުގައި "އެޗްބީއޯ އިސް ފޯލިންގް" ޖަހާފައިވާ ވޯޓާމާކުތަކެއް ވަނީ ހިމަނާފައެވެ. އަދި އެ ފަރާތުން ދައުވާކުރާ ގޮތުގައި މިއީ އެމީހުން ވަގަށް ނެގި 1.5 ޓެރަބައިޓް ގެ ޑޭޓާއިން އެމީހުން ދުނިޔެއަށް ކޮށްލި "ޓީޒް" އެކެވެ.

މިމައްސަލައާ ގުޅިގެން އެޗްބީއޯއިން ވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަން ތަހުގީގުކުރަމުން ދާ ކަމަށެވެ. އަދި އެކުންފުނިން ހާމަކުރާ ގޮތުގައި ހެކަރުންނަށް އެ ކުންފުނީގެ ބައެއް އީމެއިލުތައް ލިބިފައިވާ ވިޔަސް މުޅި ކުންފުނީގެ މެއިލް ސިސްޓަމަށް ނުރައްކަލެއް ނެތް ކަމަށެވެ.

comment ކޮމެންޓް