މަތީތައުލީމު ދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސެމިނާރެއް ބާއްވައިފި

މަތީތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަދު ބޭއްވި ސެމިނާރުގައި ހޯމް މިނިސްތަރު އަޒްލީން ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި މަތީތަޢުލީމު ފޯރުކޮށް ދޭ އަމިއްލަ މަރުކަޒުތައް ބައިވެރިވާ ޖަމިއްޔާ، ޕްރައިވެޓް ހައާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ޗާޓަރ އެކުލަވައިލުން އިފްތިތާޙު ކުރުމުގެ ގޮތުން ސެމިނާރެއް ބާއްވައިފި އެވެ.

ފީމުގެ މެންބަރުގެ ތެރޭގައި ހިމެނޭ ކޮލެޖުތަކަކީ ސައިރިކްސް، ވިލާ، މެޕްސް، އެވިޑް، އެމްއައި، ގެ އިތުރުން ކްލީކެވެ.

އެ ކަމަށްޓަކަ މިއަދު ހެނދުނު ސައިރިކްސް ކޮލެޖްގެ ސެމިނާރ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަލްފާޟިލް އަޒްލީން އަޙްމަދެވެ. އެ ރަސްމިޔާތުގައި ފީމްގެ މެންބަރުންނާއި، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ އިތުރުން ކޮލެޖްތަކުގެ އިސް މުވައްޒަފުން ބައެވެރިވެ ވަޑައިގެންނެވިއެވެ.

އެ ޖަމިއްޔާ އިން ބުނީ އެ ޗާޓަރު އެކުލަވައިލުމުގެ މަޤްޞަދަކީ ކޮލެޖުތަކުން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ މިންގަނޑުތަކެއް އެކަށައަޅައި، އެއްބަސްވުމަކަށް އައުމެވެ.

މަތީތައުލީމުދޭ މަރުކަޒު ތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަދު ބޭއްވި ސެމިނާރުގެ ތެރެއިން

އެ ސެމިނާރުގައި ވަނީ ފީމުން އެކުލަވައިލައިފައިވާ ޗާޓަރުގައި ހިމެނޭ މުހިންމު ބައިތަކުގެ މައުލޫމާތު އެ ޖަމިއްޔާއިން ވަނީ އާންމުކޮށްފަ އެވެ.

މައިގަނޑު 13 މަޤްޞަދެއްގެ މައްޗަށް، ޗާޓަރު އެކުލަވައިލެވިފައިވާއިރު، މަތީތަޢުލީމު ފޯރުކޮށްދިނުމުގެ އަސާސީ ބަހާތަކާއި، މަތީތަޢުލީމު ފޯރުކޮށްދިމުމުގެ މުޅި ނިޒާމުގައި ހުރި އުސޫލީ ތަފާތުތައް އެއްގޮތް ކުރުމަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. ހަމަ އެއާއެކު، ތަޢުލީމީ މަރުޙަލާގެ އެކި ހަރުފަތްތައް ގިރާ ކުރުމުގައި ޢަމަލު ކުރާނޭ އުސޫލުތަކާ، ތަޢުލީމީ ޙިދުމަތް ފޯރުކޮށްދިނުމުގައި ޙިއްސާވާ މުވައްޒަފުންނާއި ބޭނުން ކުރެވޭ ވަޞީލަތްތައް ވަކި ނިޒާމެއްގެ ތެރެއިން ކުރިއަރުވައި ތަރައްޤީ ކުރުމާއި، ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގައި ޢަމަލު ކުރާނޭ އުސޫލުތަކާއި، މި ނޫން ވެސް ތަފްސީލީ ގިނަ ކަންތައްތަކެއް އެ ޗާޓަރުގައި ބަޔާންކުރެވިފައިވެ އެވެ.

އެ ސެމިނާރުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވި ގޮތުގައި ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މަތީ ތަޢުލީމުގެ ސިނާޢަތު ހަރުދަނާ، އިތުބާރުހިފޭ ސިނާޢަތެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފީމް އާއި ޕްރައިވެޓް ހަޔަރ އެޑިޔުކޭޝަން މަރުކަޒުތަކުގެ ދައުރު ވަރަށް ބޮޑެވެ. އަދި މިއަދު އިފްތިތާޙުކުރެވު ޗާޓަރުގެ ދަށުން މުސްތަޤްބަލުގެ ޖީލުތަކުގެ ތަޢުލީމީ ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި، ތަޢުލީމީ ދާއިރާގެ ބެލެނިވެރި ފަރާތްތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކާއި ދެމެދު ބަދަހި ގުޅުމެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް