ފީ އާއި ޖޫރިމަނާ ދެއްކޭ "މީރާ މޯބައިލް އެޕް" ތައާރަފްކޮށްފި

މީރާގެ 6 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ

މިރާއަށް ދައްކަން ޖެހޭ ފީއާއި ޖޫރިމަނާތައް އޮންލައިންކޮށް ދެއްކޭ ގޮތަށް ފަރުމަކޮށްގެން ހަދާފައިވާ މީރާ މޯބައިލް އެޕް މިރޭ ލޯންޗުކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މީރާގެ އަހަރީ ދުވަހުގެ ޖަލްސާގައި އެ އެޕް ތައާރަފްކޮށްދެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެވެ.

އެ އެޕް މެދުވެރިކޮށް އޮންލައިން ޕްލެޓްފޯމަކުން ފީ އާއި ޖޫރިމަނާ ދެއްކޭ އިރު، މީރާގެ ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ޓޯކަންވެސް ނެގޭނެ އެވެ. އަދި ޓޯކަން ކިއުވެސް ބަލާލެވޭނެ އެވެ. އޭގެ އިތުރުން މީރާއިން ނަގާ ޓެކުހާ ބެހޭ މައުލޫމާތު ވެސް ލިބޭނެ އެވެ.

މީރާ އެޕް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ، ސައިކަލުތަކުގެ އަހަރީ ފީ ދައްކާލެވޭނެ އެވެ.

މިރޭގެ ހަފްލާގައި މީރާގެ ޚާއްސަ ލަވައެއް ވެސް ވަނީ ނެރެފަ އެވެ.

comment ކޮމެންޓް