ދެކުނު ކޮރެއާގެ ރިޔާސީ އިންތިހާބަކަށް ޖާސޫސުންތަކެއް ނުފޫޒު ފޯރުވި ކަމަށް އެއްބަސްވެއްޖެ

ޕާކް ގިއުން-ހައި (ވ) އަދި މޫން ޖައި-އިން (ކ) --- ފޮޓޯ: ގެޓީއިމޭޖްސް

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން އެގައުމުގެ 2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވިކަމަށްް އެއްބަސްވެއްޖެ އެވެ.

އެ އިދާރާގެ އެތެރޭގެ ތަހުގީގަކުން ހާމަވި ގޮތުގައި 30 ޓީމަކުންވަނީ ދެއަހަރު ދުވަސް ވަންދެން އެފަރާތްތަކުން ބޭނުންވާ ފަރާތެއް ހޮވުމަށް މަސައްކަތްކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން އޭރު މަސައްކަތްކޮށްފައި ވަނީ ކޮންސަވޭޓިވް ކެންޑިޑޭޓް ޕާކް ގިއުން-ހައި އަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށް އެ ތަހުގީގުން ހާމަވިއެވެ.

2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަނީ ލިބަރަލް ކެނޑިޑޭޓް މޫން ޖައި-އިން ބަލިކޮށް ޕާކް ކާމިޔާބުކޮށްފައެވެ. ނަމަވެސް މިހާރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ބާރާއި ނުފޫޒުގެ ބޭނުންކުރި ކަމުގެ ތުހުމަތުތެއް ކޮށް އެމައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފަ އެވެ.

މީގެ އިތުރުން 2012 ގައި ޕާކް ބަލިކުރި މޫން ވަނީ މިހާރު ޕާކުގެ މަގާމަށް ކަނޑައަޅާފަ އެވެ.

ޖާސޫސީ އިދާރާގެ ކުރީގެ ޗީފް ވޮން ސެއި-ހޫން ގެންދަނީ އެ މައްސަލައިގެ ދައުވާގައި ކޯޓަށް ހާޒިރުވަމުންނެވެ. މިއީ އޭނާގެ މައްޗަށް ވޯޓުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރި ކަމުގެ ދައުވާލިބޭ ދެ ވަނަ ފަހަރެވެ.

ވޮން ގެ މައްޗަށް 2015 ގައި ހިނގި ޝަރީއަތުން އޭނާގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އެގައުމުގެ ކޯޓުން ކުރި އެވެ. ނަމަވެސް އެ މައްސަލަ އޭނާ އަލުން ވަނީ ކޯޓަށް އިސްތިއުނާފަށް ހުށައަޅާފަ އެވެ.

ދެކުނު ކޮރެއާގެ ނެޝަނަލް އިންޓެލިޖެންސްް ސާވިސްގެ އިންވެސްޓިގޭޓަރުން ހާމަކުރާ ގޮތުގައި ޕާކް ހޮވުމަށް މަސައްކަތްކުރި ފަރާތްތަކުން ވަނީ އިންޓަނެޓް އަދި ސޯޝަލް މީޑިއާގެ އެކްސްޕާޓުންތަކެއް މެދުވެރިކޮށް އާންމުންގެ ވިސްނުން އެފަރާތްތަކަށް ފައިދާވާ ގޮތަށް އަނބުރާލުމަށް މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް