ރައްޔިތުން ކައިރީ އަހަންވީ، ޗައިނާގެ ޕްރޮޖެކްޓްތައް ހުއްޓުވަން ތާއީދު ނުކުރާނެ: ޚަލީލް

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން ދެކޭގޮތް ބަލަންވީ ކަމަށާއި ޗައިނާއިން ރާއްޖޭގައި މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ރައްޔިތުން ތާއީނު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ވެރިކަމެއްގައި ރާއްޖޭގައި ހިންގާ ޗައިނާގެ ޕްރޮޖެކްޓުތައް ހުއްޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޚަލީލް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަތަކަކީ އެއްވެސް އުރަތްޕެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރައީސް ނަޝީދު އެފަދަ ވާހަކަތައް ދައްކަވަނީ ދިވެި ރައްޔިތުންނަށް ކެހިދިނުމުގެ ނިޔަތުގައި ކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރަމުންދަނީ އިންޑިއާ ސަރުކާރު ލައްވަައި ދިވެހި ސަރުކާރަށް ޕްރެޝަރުކޮށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް އިންޑިއާ އިން ފަންޑު ހޯދުމަށް އެމަނިކުފާނު މަސައްކަތް ކުރަމުންދާ ކަމަށް ޚަލީލް ތުހުމަތު ކުރެއްވިއެވެ.

"ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ނަޝީދު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ޚަލީލް ވިދާޅުވިއެވެ.

ރައީސް ނަޝީދު ދާދިފަހުން އިންޑިއަން އެކްސްޕްރެސަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޔާސަތުތަކުގެ ސަބަބުން އިންޑިއާ އަށް ސަލާމަތީ ގޮތުން ނުރައްކާވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މުހިންމުވާނީ އިންޑިއާއަށް މުހިންމުވާ ކަންތައްތައް ކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖޭގައި ހިންގާ ހުރިހާ ޕްރެޖެކްޓެއް އެމަނީކުފާނުގެ ވަރިކަމެއްގައި ބާތިލް ކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ ވަައުދުވެ ވަޑައިގެންފައެވެ.

comment ކޮމެންޓް