ކާނިވާ ސަރަހައްދަށް އުދައަރައި އެސަރަހައްދުގައި ފެން ބޮޑުވެއްޖެ އެވެ.
އުދައެރުމުގެ ސަބަބުން އެ ސަހައްދުގައި ޕާކުކޮށްފައި ހުރި އުޅަދުތަކަށް ވެސް ވަނީ ލޮނުގެ އަސަރު ކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓްތަކަށް ވަނުމުގައި ވެސް އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރާފައި: އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކައް ލޮނުގެ އަސަރު ކޮށް ކެފޭތަކަށް ވަނުމަށް ވަނީ ދަތިވެފަ، މެޓް އޮފީހުން ބުނާ ގޮތުން މި ހަފްތާގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދަކީ ފުސް ނަކަތުން ހަތްވަނަ ދުވަހެވެ. މެޓް އޮފީޙުން ބުނި ގޮތުން މި ދުވަސް ވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަރެކެވެ. އެހެން ކަމުން މި ހަފްތާ އެއްކޮށް ވެސް ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި އުދައެރުން ފަދަ ކަންކަމާ ކުރިމަތިވާނެ އެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރާފައި: އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކައް ލޮނުގެ އަސަރު ކޮށް ކެފޭތަކަށް ވަނުމަށް ވަނީ ދަތިވެފައި، މެޓް އޮފީހުން ބުނާ ގޮތުން މި ހަފްތާގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދަށް ލަފާ ކުރާ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވޭ.
-
ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ
-
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ކެރިގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކިށީގެންވޭ
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް ވިލާ ގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.